އިސްބަސް

بسم الله الرحمن الرحيم

ދިވެހި އަދަބިއްޔާތާއި ތާރީޚުގެ ދިރާސީ ލިޔުންތައް

ހަބީބާ ޙުސައިން ޙަބީބް – ރާއްޖޭގައި ފޯކުލޯރުފަންނުގެ ބިންގާ އެޅުއްވި
އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބަކީ މުލީގޭ ދޮން ޙަސަން މަނިކުފާނު (ދޮންބަންޑާރައިން)ގެ ސުލްޠާން ޙަސަން ނޫރައްދީނުލް އައްވަލުގެ ސުލްޠާން މުޙައްމަދު މުޢީނުއްދީންގެ އިބްރާޙީމް (ކުޑަކިބާ ތުއްތު މަނިއްޕުޅު)ގެ މޫސާ އިބްރާޙީމް (ވެޔޮގޭ މަނިއްޕުޅުގެ) އިސްމާޢީލް ޙަބީބު (ކަކާގޭ މަނިއްޕުޅު)ގެ ޙުސައިން ޙަބީބު >>
ބައްޕަގެ ހަނދާން – އަހަރެން ދުށް ކުޑަރިކިލު ޖަލީލް
ރެޔަކީ ނުވަދިހައިގެ ރޯދަމަހުގެ ރޭތަކުން ރެޔެކެވެ. ތަނަކީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ނޫރާނީމާގެއެވެ. ތެޅިގަލުން ރާނާފައިވާ ގޭގެ ސިޓިންރޫމްގައި ސަރަންފީ ގޮނޑިއެއްގައި ބައްްޕަ އިންނެވިއެވެ. އެއީ ރަށުން ބޭރުގައި އަތޮޅު އޮފީސްތައް ހިންގަވަން އުޅުއްވުމަށް ފަހު ބައްޕަ ރަށަށް ދުރުވެ ހުރި >>
އަޝްރަފް ޢަލީއަށް ޝުކުރުގެ ޖިޒީއެއް – ދިވެހި ބަހުގެ އެކެޑަމީއާ ވަކިވިޔަސް ހިދުމަތާ ވަކިވުމެއް ނެތެވެ
އެއީ މީގެ ނުވަ ވަރަކަށް އަހަރު ކުރިއެވެ. ދިވެހި ބަހާ މެދު ޒުވާނުންގެ ޝައުގުވެރިކަން އަމުދުން ނެތެވެ. މީސްމީޑިޔާގެ މަންސަތައް އާންމުވަމުން ދިޔަ ނަމަވެސް، ދިވެހި ބަހުން ޝުއޫރުފާޅުކޮށް ލިޔާ ކުދިން މަދެވެ. ނުވަަތަ ލިބިދާނެ މަލާމާތަކަށް ލިޔަން ނުކެރެނީއެވެ. ކޮށިކޮށް >>
ވާހަކަ – މުސާފިރު
މި ވާހަކައިގައިވާ ޙަޟްރަމައުތަކީ އިހުގައި ދިވެހިންނާ ކަނޑުދަތުރުފަތުރުގެ ގުޅުން ބޮޑު ޔަމަނުކަރައިގެ حضرموت ކިޔުނު ރަށެވެ. Hadramout އެވެ. ވާހަކައިގައިވާ މަލާބާރަކީ އިންޑިޔާގެ ހުޅަނގު ދެކުނު Malabar Coast ގެ ފުޅާ ސަރަހައްދެވެ. ކާލީކޯޓަކީ މަލާބާރު ސަރަހައްދުގައިވާ Calicut އެވެ ކިޔުނު >>
ދިވެހި އަދަބިއްޔާތުގައި ފަރިހި
ޖޭމްދޮންކަމަނަ – ކުލަފޮޓޯ: އަޙްމަދު ޞައްފާޙު ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ ~ ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ >>
ވާހަކަ: ނުވަދިހައިގެ ރޭތައް
 ފުރަމެންދަން  “ގަޑިން މެންދަމުން އަލިވެ ތިންގަޑި ސުންމިނެޓު. އައްސަވަމުން ތިޔަ ގެންވަނީ ދިވެހި ރާއްޖޭގެ އަޑު” ރެޑިއޯ ނިވާލުމަށް ފަހު އެނދުން ތެދުވީމެވެ. މިރޭވެސް ނިންޖެއްނައެވެ. ކޮންމެ ރެޔެއްވެސް ފާއިތުވަނީ މި ހިމޭންކަމުގައެވެ. އުފާވެރި ހަޔާތެއްގެ މާދަމާއަށް ކުރެވޭ އުންމީދުގައެވެ. މާލޭގައި >>
ފެދުއުނުމި ކޯޅި އެމާ – ފަރިހީގައި ބަސްފުރޮޅުން
ގަސްދޮށަށް ޖަންބުމާ، ނަސްވެރުމަ ތަލި ރަންކޮޅާ ފުރަތަމަވެސް ހިތަށް އަންނާނީ ރައިވަރުގެ ބަސްތަރުތީބުކުރުމަށް ދިވެހި އިމްތިހާނު ކަރުދާހުގައި ދީފައިވާ ފޫހި ސުވާލެކެވެ. އެއާ އެކު ހިތުގައި ދެން އުފެދޭ މާ ގިނަ ސުވާލުތަކެވެ. އަބަދު އެއް ރައިވަރުތަކެކެވެ. އެއް ސުވާލުތަކެކެވެ. ރައިވަރެއްގެ >>
ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން
ކުޅުދުއްފުށީ ތަރިވިދާ ބޯޓް، ނާލުބައްތެލި. ފޮޓޯ: މައިކަލް ފްރީޑެލް ދިޔަވަތް ރަނގަޅު އޮޑި ފަރިހި ދިވެހިންނަކީ ކަނޑުތަކުގެ ނިޔަމިންނެވެ. އަމިއްލަ އޮޑިފަހަރުގައި ގަދަކަނޑުތައް ހުރަސްކޮށް ދުރު ރަށްތަކަށް ދަތުރުކުރި މާލިމީންނެވެ. މާކަނޑުގައި ހޭރިޔާކޮށް ދުއްވި ދިޔަވަތް ރަނގަޅު އޮޑިފަހަރުގެ ކަލާސީންނެވެ. އެބައިމީހުން >>
ފަރިހި – ދާރުއޮފުމާތްވި ޅަމުރާލިއެފުޅު ބިރާގަމީ
ފާދިއްޕޮޅު ނައިފަރު އަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮގެ ލަވަތަކަކީ އެ ލަވަތަކާ ނުލައި ދިވެހި މިޔުޒިކްގެ ދިވެހިވަންތަކަން ފުރިހަމަނުވާނެ މަޢުނަވީ ތަރިކައެކެވެ. ލަވަ ކިޔަން ފެށުނު ދުވަސްވަރެއް ބުނަން ނޭނގޭކަމަށާއި ލަވަ ކިޔަން ދަސްކޮށްދިން މީހަކު ވެސް ނެތް ކަމަށް >>
ނަނާ ހުވަފެން ފަރިހި – ގުރުސް ފެންމަތިވުން
އިހުގެ ދިވެހި ޅެންވެރިކަން އަހަރެމެނަށް ވަރަށް ގިނަ ވާހަކަތައް ބުނެދެއެވެ. ދިވެހިންގެ ސަގާފަތާއިި ތާރީޙުގެ ތެރޭ ހިނގާ ދިޔަ މިވެނި ކަމެއްގެ ވާހަކައާއި ރަށްތަކުގެ ގުދުރަތީވެށީގެ ސިފަކުރުންތަކާއި ރަށްފުށުގެ ދިރިއުޅުން ހުރިގޮތާއި ދިވެހިންގެ އިޢުތިޤާދުން އެތައް ވާހަކައެވެ. އެއްވެސް ގައުމެއްގެ ވެދިޔަހައި >>
ތާރީޚުގެތެރެއިން ދިވެހިންނާއި ސްރީ ލަންކާގެ ގޯލް އަދި ޢަލީ ދޮށިމޭނާ ކިލެގެފާނު
ދިވެހިން ސިލޯނަށް ދޫކޮށްފައިވާ ހަނދާންތައް 2  ލިޔުނީ: 2019 – 2017 ފުރަތަމަ ބައި މިއީ އަހަރެންގެ ދަތުރުނާމާ އޮޅުދޫކަރައެވެ. ސަރަންދީބުގެ ރަށްތަކަށް ދިވެހިން ދޫކޮށްފައިވާ ހަނދާންތައް ހޯދުމަށް ކުރެވުނު ދަތުރުތަކުގެ ވާހަކައެވެ. މި މަސައްކަތުގެތެރެއިން ދިވެހި ރާއްޖޭގެ ރަށްރަށުގެ ތާރީޙާ >>
ހާޖީންގެ ވާހަކަ : ތާރީޚްގެ ތެރެއިން ދިވެހިން ޙައްޖަށް ދިއުން
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް >>
އިހުމާލުކުރެވުނު އާޘާރީ ތަރިކަ – މާލޭ ކަޅުވަކަރު މިސްކިތް
މިއީ ދިވެހި ރާއްޖޭގެ ޤައުމީ ތަރިކައިގެ ލިސްޓްގައި ހިމެނޭ މާލޭ ކަޅުވަކަރު މިސްކިތް ބިނާކުރުމާއި، އެކި ދުވަސްވަރު އެ މިސްކިތް ހުރި ތަނުން އެހެން ތަންތަނަށްބަދަލުކުރިކަމަށް ދޫދޫމަތިން ކިޔޭ ވާހަކަތަކާއި، އަދި މިސްކިތުގައިވާ މުސްކުޅިތާނަ އަދި އަރަބި ލިޔުންތަކުގެ ތަންޤީޙްކުރެވުނު ތާރީޚެވެ. >>
ކޮޅުނބުގެ ކުއްޕިޔަވައްތަ – ދިވެހި ޅެންވެރިންގެ މަޒާރު
ދިވެހިން އޮޅުދޫކަރައަށް ދޫކޮށްފައިވާ ހަނދާންތައް 1 _____________________________ ތަނަކީ އޮޅުދޫކަރައެވެ. މި ރަށުގައިވާ ދިވެހިންނާއި ގުޅިފައިވާ ތަންތަނުގެ މައްޗަށް ލިޔުމުގެ ޝައުގުވެރިކަން ފުރަތަމަ ގެންގޮސްދިނީ ކޮޅުނބު ކުއްޕިޔަވައްތަ މުސްލިމް ގަބުރުސްތާނަށެވެ. ކުއްޕިޔަވައްތަ އަކީ ކޮޅުނބު މަރުދާނާ ސަރަހައްދުގައިވާ އަވަށެކެވެ. މަރުދާނާއަކީ ކޮޅުނބުގެ >>
ނާޖިޙްގެ ދިރާސާ: ދިވެހި ބަހުގައި ބޭނުންކޮށްއުޅޭ މަނިކުފާނާއި މެދު
ލިޔުނީ: ލިޔުނީ: މުޙައްމަދު ނާޖިޙު މުޙައްމަދު ނާޖިޙަކީ ދިވެހި ބަހާއި ތާރީޚްގެ މައްޗަށް އެކި ދިރާސާތައް ކުރައްވާފައިވާ ތާރީޚާއި ބަހުގެ އިލްމުވެރިއެކެވެ. އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގައި ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ.    ~ “މަނިކުފާނު”މި ނަން ކިޔާއިރު ފުރަތަމަ >>
މާފަންނު ސަހަރާ: މަހާނަތަކުގެ ރެކޯރޑްސް
މާފަންނު ސަހަރާގެ ބޮޑު ބަޔަކުން ގަބުރުތައް ނަގާ ހުސްކޮށް އެ ސަހަރާގައި ޕާރކިން ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައެވެ. އެކަމުގެ ތައްޔާރީތައް ފަށާފައިވާއިރު، ސަހަރާގެ ހުޅަނގު ދެކުނު ކަނުން ބޮޑު ބައެއްގައި ފެންސްޖަހާ މިހާރުވަނީ ބަންދުކޮށްފައެވެ. އަދި >>
އިހުގެ ޅެންވެރިކަމުގެ ތެރެއިން ބަނދި
ތަޢާރުފެއް ބަންޖަކީ ދިވެހި ވަޒަން ބަހުރުވައިގެ އެންމެ މުސްކުޅި ވައްތަރެވެ. ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނަން ނެތް ތަދު ބާވަތެކެވެ. އިހުގެ ބަނދިތައް ލިޔެވި ފަހަށް ފެންނަން ހުންނާނެ ގޮތަކަށް ރައްކާކުރެވިފައި ވެސް ނެތެވެ.  ދޫދޫމަތިން ކިޔަމުން >>
ފަރިހި – ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ
ޖަމީލާ ސަލީމް (ޖޭމް ދޮންކަމަނަ)، ފޮޓޯ: އަހްމަދު ޢަލާ ދީދީ “ގުލާބީމާފުޅު” ފަރިއްސަކީ ޖޭމްދޮންކަމަނައިގެ އަޑުން ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފަރިއްސެކެވެ. މިއީ ބެއްޔަހުއްތުގެ ފަރިއްސެއްކަމަށް ބުނެވޭ ފަރިއްސެކެވެ. އަދި އެންމެ ބޮޑަށް ބަސް ފުރޮޅާފައިވާ އެއް ފަރިއްސެވެ. ބަސްފުރޮޅުން ގިނަވީމަ >>
މި ދައުރު ނުފެނުނު ނަމަ
އަހަރެން ސިޔާސީއެއް ނުވަމެވެ. މިނިވަން ދިދައެއްގެ ހިޔަލުގައި ވެރިއެއްގެ އަޅުވެތިކަމުގައި ހުންނަން ނޭދުނީއެވެ. އެ ފަޅާ މިފަޅާ ޖެހިގެން އޮތް ފަޅުރަށްކޮޅު ވިއްކާލާއިރު ހަނުހުންނަން ދަތިވީއެވެ. އިންސާނަކު ވަގަށް ނަގާ ގެއްލުވާލުމުން ބަހެއް ނުބުނެ ނިދަން އުނދަގޫވިއެވެ. ގައުމުގެ މައިން ކަރުނައަޅާ >>
ދިވެހިންނާއި ފުށެތިކާލުން 2 – ޑްއާރޓޭ ބަރްބޯސާގެ ލިޔުން
މި ލިޔުމަކީ ދިވެހި ރާއްޖެއާއި މެދު ފުށެތިކާލުން (ޕޯރޗުގީޒުން)ގެ ލިޔުންތެރިއެއް ކަމުގައިވާ ޑްއާރޓޭ ބަރްބޯސާ 1518މ ގައި ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ. ފުށެތިކާލުން ދިވެހި ރާއްޖެ ހިފައި ވެރިކަން ހިންގަން ފަށާފައިވަނީ 1558މ ގައެވެ. އެ އަހަރުން ފެށިގެން 15 >>
ޝައިޚްޒުބައިރު – ޙުސައިން ޞަލާހުއްދީން
“ޝައިޚްޒުބައިރު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގެ ބާވަތްތަކުގެތެރެއިން ރައިވަރާއި ބެހޭ ގިނަ ފިލާވަޅުތަކެއް ދަސްވާނޭ ގޮތުން އަދި ބައެއް ރައިވަރު ފޮތްތަކުގެ ނަކަލާއި އެކު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ދިވެހި ބަހުގެ އަދަބީ ތަރިކައެކެވެ. މި ފޮތުގައި ޙުސައިން >>
ކަންޒުލް އަދަބު – ބޮޑުފެންވަޅުގޭ ސީދީ
“ކަންޒުލް އަދަބު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ހިމެނޭ ޅެންވެރިކަމުގެ މައްޗަށް އެންމެ ތަފްސީލުގޮތެއްގައި ލިޔެވިފައިވާ އެއް ފޮތެވެ. މި ފޮތް ލިޔުއްވާފައިވަނީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ މި >>
މަދަހަ: އިތުރު ރަސޫލާ
އެ މަދަހައެއްގެ އަޑު އިވުމުން ހިތަށް ނުހަނު ހަމަޖެހުމާއި އަދި ކުޑައިރުގެ ހަނދާންތައް ގެނުވާ އެއް މަދަހަ އަކީ “އިތުރު ރަސޫލާ” މި މަދަހައެވެ. އަހަރެމެންގެ ޅަފުރައިގެ ދުވަސްތަކުގައި، 90ގެ އަހަރުތަކުގައި ހުކުރު ނަމާދަށް ފަހު ދިވެހި ރާއްޖޭގެ އަޑުން ފޮނުވަމުން >>
ފުށެތިކާލުން (ޕޯރޗުގީޒުން) ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުން
މިއީ ފުށެތިކާލުން (ޕޯރޗުގީޒުން) ދިވެހި ރާއްޖެއާއި މެދު ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމުގެ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުން ޝާއިއުކޮށްފައިވަނީ ޗަންޑްރާ ރިޗަރޑް ޑެސިލްވާ ލިޔުއްވާފައިވާ Portuguese Encounters with Sri Lanka and the Maldives: Translated Texts from >>
ޅެން: ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
އިންގިލާބުގެ ދުވަސް، 23 ޖުލައި 1952 ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި ހާލިޤުލް ކަޢުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ! އަނިޔާވެރިން އަނިޔާކުރާ ހިނދު، އެކުރާ އަނިޔާ މާތްކަލާނގެ ދެނެވޮޑިގަތުން ބޮޑުކަމާއި ދޭ އަނިޔާއާއި ކުރިމަތިކުރުވާ ބޭއިންސާފަށް ނިޔާ ކަނޑައެޅި އަދުލާއި އިންސާފު >>
ޅެން: ގުލްޒާރުގައި ނަޔާމަގޭ
މިއީ އަލްޤާޟީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ހައްދަވާފައިވާ “މަގޭ ގުލްޒާރު” މި ޅެމެވެ. މި ޅެން މަޝްހޫރުވެފައި ވަނީ “ގުލްޒާރުގައި ނަޔާ މަގޭ” ގެ ނަމުންނެވެ. މި ޅެން ފުރަތަމަ ޗާޕުވެފައި ވަނީ ހިޖުރައިން >>
ޅެން: ކަށަވަރޭ އަންނާނަމޭ
90ގެ އަހަރުތަކުގައި ފުރަތަމަ އިވިގެން ދިޔަ މި ލަވަ އަކީ އަދިވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އެއް ލަވައެވެ. މި ލަވައިގެ ޅެން ހައްދަވާފައިވަނީ މުހްތާޜު ފަހުމީއެވެ.  ޔޫޓިއުބް ލިންކު: ކަށަވަރޭ އަންނާނަމޭ ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ >>
ޅެން: ފުރައަމެންގޭ މާދަރީ ބަސް
ފަޟީލަތުއްޝައިޙު ޙުސައިން ޞަލާހުއްދީން އުފަންވީ 15 ޖުމާދިލްއާޚިރާ 1298ހ. (11 މޭ 1881) ގައި މާލޭ ދަރަވަންދޫގޭގައެވެ. ވަރަށް ހަގު އުމުރުފުޅެއްގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން) ގެ ރަސްކަމުގައި ބަންޑާރަ ނާއިބުގެ މަގާމަށް އިސްކުރެވުނެވެ. މުހައްމަދު ޝަމްސުއްދީން ތިންވަނައިގެ >>
މައުންޓް ލެވެނިއާ: އިނގިރޭސި ގަވަރުނަރާއި ނަށާކުއްޖާގެ ލޯބި
މައުންޓް ލެވެނިއާ ހޮޓެލްގައި ހުންނަ ސަރ މިޓްލޭންޑާއި ލޮވިނިއާ އަޕޮންސުވާގެ ކުރެހުން މިޓްލޭންޑާއި ލޮވިނިއާ އަޕޮންސުވާ މީލާދީން 1805 ވަނަ އަހަރު އޭރުގެ އިނގިރޭސި ރަސްގެފާން ޖޯރޖް ތިންވަނަ އެގައުމުގެ މިލިޓަރީ ޖެނެރަލެއްކަމުގައިވާ ސަރ ތޯމަސް މިޓްލޭންޑް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި >>
ތަސްވީރުން ރާއްޖެ: ބ. ހިތާދޫ ދުވަސްވީ ގެތައް
ފަޅުގެތަކާއި ވީރާނާވެފައިވާ ބިނާތަކުންވެސް ދިވެހިންގެ ކުރީގެ ދިރިއުޅުން ދައްކުވައިދެއެވެ. މި ފޮޓޯތަކަކީ އަޅުގަނޑު 2017 ވަނަ އަހަރުގެ ކުރީކޮޅު ބ. ހިތާދޫއަށް ކުރި ދަތުރެއްގައި ނަގާފައިވާ ފޮޓޯތަކެކެވެ. ހިތާދޫއަށް އަރާ ރަށުތެރޭ ހިނގާލުމުން އެންމެ ބޮޑަށް އަޅައިގަތީ ރަށުގައިވާ ފަޅުގެތަކެވެ. އެތައް >>
ދުންފަތް މަނާކުރުމާއި އަމީން ދައުރުގެ ބައެއް ޤާނޫނުތައް
މުހައްމަދު އަމީން ދުންފަތް މަނާކުރި ވާހަކަ އަކީ މިހާރުވެސް ދެކެވޭ މަޝްހޫރު ވާހަކައެކެވެ. ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް އަރައިގަތީ ދުންފަތް މަނާކުރުމުންނޭ ކިޔާއުޅެއެވެ. ނަމަވެސް، އެއީ ހަގީގަތްކަމަށް ނުވެދާނެއެވެ. ސަރުކާރާއި ދެކޮޅުވުމަށް އެތައް ސަބަބުތަކެއް ހިނގައިފާނެއެވެ. އަދި ވެރިކަމުގެ ތެރޭގައި ތިބި >>
ރާއްޖެ އިސްލާމްވުމާއި ކެންދޫ މަގާމްގެ ވާހަކަ
ކެންދޫ މާޅޮސްމަޑުލު ކެންދޫ އަކީ ދިވެހި ރާއްޖޭގެ ގަދީމީ ރަށްތަކުގެ ތެރެއިން އެއްރަށެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމީ ތާރީޚާއި ގުޅިފައިވާ މުހިންމު ރަށެކެވެ. މި ރަށުގައި ހުންނަ މަގާމަކީ ދިވެހި ރާއްޖޭގެ ތާރީޚާއި ގުޅިފައިވާ އަދި ދިވެހިންގެ ފަންނުވެރިކަން ދައްކުވައިދޭ >>
ތަސްވީރުން: ކުރީގެ އުވަ މިސްކިތްތައް
ދިވެހިންނަކީ މަސައްކަތްތެރިކަމުގެ ނަމޫނާ ބައެކެވެ. ދިވެހިންގެ މަސައްކަތްތެރިކަމުގެ ފަންނު އެންމެ ބޮޑަށް ފެންނަން ހުރީ އިހުގެ މިސްކިތްތަކުންނެވެ. ތަރައްގީގެ ބާރު އޮވަރުގެ ތެރޭގައި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިފަދަ ގިނަ މިސްކިތްތައް ވަނީ ނެތިގޮސްފައެވެ. ފެންނަންހުރީ މަދު ރަށެއްގައި ހުރި މަދު >>
ތަސްވީރުން: މާލޭ ބޮޑުގަނޑުވަރު
ބޮޑުގަނޑުވަރަކީ ދިވެހި ރާއްޖޭގެ އެތައް ސަތޭކަ އަހަރުގެ ރަސްކަމުގެ ގަނޑުވަރެވެ. އެތައް ރަސްރަނިންގެ ތާރީޚްއާއި ގުޅިފައިވާ ރާއްޖޭގެ ވެރިމުގެ އެތައް ހަނދާންތަކެއް އެތަނަކާއި ގުޅިފައިވާ ގަނޑުވަރެވެ. ނަމަވެސް މިހާރު އެއީ ބަގީޗާއެކެވެ. ބޮޑުގަނޑުވަރު ތަޅާލާފައިވަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގެއެވެ. ބޮޑުގަނޑުވަރު ހުރި >>
ފުރަތަމަ ބޮޑު ހަނގުރާމަ އާއި ކުޑަރިކިލުގައި ކަނޑުމައިނެއް ގޮވުން
ދުވަސްވަރަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދުނިޔެއަށް ވެރިވެފައިވަނީ ހަނގުރާމައިގެ ބިރުވެރިކަމެވެ. އިންޑިއާ ކަނޑުގެ ހަމަހިމޭން ދިވެހި ރާއްޖެއަށް ހަނގުރާމައިގެ ބިރުވެރިކަން އަންނާނީ ކިހިނެއްކަން އެކަކަށް ވެސް ނޭނގެއެވެ. މިއިރު ހަނގުރާމައިގެ ވާދަވެރި ގައުމުތަކުން ދިޔައީ ދުޝްމަނުންގެ ކަނޑުގެ ލަޝްކަރުތަކާއި މަނަވަރުތައް >>
ޅެން: މުށުންދޫވި ޤުމްރީ
އަބްދުﷲ ފަހްމީދީދީ (އަބްދުﷲ ޖަލާލުއްދީން) ހައްދަވާފައިވާ މި ޅެމަކީ ވާހަކައެއް ހެން ކިޔާލެވޭ ފުރިހަމަ ލެމެކެވެ. ގުމްރީއަކީ ކޮތަރާއި ވައްތަރު ދޫންޏެކެވެ. އިނގިރޭސިން މި ދޫންޏަށް ކިޔަނީ “ޓާރޓްލް ޑޯވް”އެވެ. ވަލުކޮތަރުގެ ބާވަތެކެވެ. ~ މުށުންދޫވި ޤުމްރީ ވިފަދަ އަލި ޤަމަރް >>