ތަސްވީރުން: މާލޭ ބޮޑުގަނޑުވަރު

ބޮޑުގަނޑުވަރަކީ ދިވެހި ރާއްޖޭގެ އެތައް ސަތޭކަ އަހަރުގެ ރަސްކަމުގެ ގަނޑުވަރެވެ. އެތައް ރަސްރަނިންގެ ތާރީޚްއާއި ގުޅިފައިވާ ރާއްޖޭގެ ވެރިމުގެ އެތައް ހަނދާންތަކެއް އެތަނަކާއި ގުޅިފައިވާ ގަނޑުވަރެވެ. ނަމަވެސް މިހާރު އެއީ ބަގީޗާއެކެވެ. ބޮޑުގަނޑުވަރު ތަޅާލާފައިވަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގެއެވެ. ބޮޑުގަނޑުވަރު ހުރި ބިން “ސަލްޓަން ޕާރކް”ގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު މިހާރުވަނީ “ރަސްރަނި ބަގީޗާ”އަށް ބަދަލުވެފައެވެ.

ބޮޑުގަނޑުވަރަކީ ދިވެހިންގެ މަސައްކަތްތެރިކަމުގެ ފުރިހަމަކަން ދައްކުވައިދޭ ބިނާއެކެވެ. ބިނާތަކެކެވެ. މި އަގުބޮޑު އާޘާރީ ތަރިކަ ރާއްޖެއިން ނެތިގެން ދިޔުމަކީ ހިތާމައެކެވެ. ބޮޑުގަނޑުވަރު ހުރިގޮތް މިއަދުގެ ޖީލަށް ފެންނަންހުރީ ގަނޑުވަރު ތަޅާލި ދުވަސްވަރު ނަގާފއިވާ ފޮޓޯތަކުން އެކަންޏެވެ.

ފޮޓޯތައް: “މާލޭ ބޮޑުގަނޑުވަރު” މިފޮތުން. މިއީ ބޮޑުގަނޑުވަރު ތަޅާލުމުގެ ކުރިން ނަގާފައިވާ ފޮޓާތަކާއި މައުލޫމަތެވެ.