ބަސް

އަޝްރަފް ޢަލީއަށް ޝުކުރުގެ ޖިޒީއެއް – ދިވެހި ބަހުގެ އެކެޑަމީއާ ވަކިވިޔަސް ހިދުމަތާ ވަކިވުމެއް ނެތެވެ
އެއީ މީގެ ނުވަ ވަރަކަށް އަހަރު ކުރިއެވެ. ދިވެހި ބަހާ މެދު ޒުވާނުންގެ ޝައުގުވެރިކަން އަމުދުން ނެތެވެ. މީސްމީޑިޔާގެ މަންސަތައް އާންމުވަމުން ދިޔަ ނަމަވެސް، ދިވެހި ބަހުން ޝުއޫރުފާޅުކޮށް ލިޔާ ކުދިން މަދެވެ. ނުވަަތަ ލިބިދާނެ މަލާމާތަކަށް ލިޔަން ނުކެރެނީއެވެ. ކޮށިކޮށް >>
ދިވެހި އަދަބިއްޔާތުގައި ފަރިހި
ޖޭމްދޮންކަމަނަ – ކުލަފޮޓޯ: އަޙްމަދު ޞައްފާޙު ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ ~ ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ >>
ފެދުއުނުމި ކޯޅި އެމާ – ފަރިހީގައި ބަސްފުރޮޅުން
ގަސްދޮށަށް ޖަންބުމާ، ނަސްވެރުމަ ތަލި ރަންކޮޅާ ފުރަތަމަވެސް ހިތަށް އަންނާނީ ރައިވަރުގެ ބަސްތަރުތީބުކުރުމަށް ދިވެހި އިމްތިހާނު ކަރުދާހުގައި ދީފައިވާ ފޫހި ސުވާލެކެވެ. އެއާ އެކު ހިތުގައި ދެން އުފެދޭ މާ ގިނަ ސުވާލުތަކެވެ. އަބަދު އެއް ރައިވަރުތަކެކެވެ. އެއް ސުވާލުތަކެކެވެ. ރައިވަރެއްގެ >>
ފަރިހި – ދާރުއޮފުމާތްވި ޅަމުރާލިއެފުޅު ބިރާގަމީ
ފާދިއްޕޮޅު ނައިފަރު އަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮގެ ލަވަތަކަކީ އެ ލަވަތަކާ ނުލައި ދިވެހި މިޔުޒިކްގެ ދިވެހިވަންތަކަން ފުރިހަމަނުވާނެ މަޢުނަވީ ތަރިކައެކެވެ. ލަވަ ކިޔަން ފެށުނު ދުވަސްވަރެއް ބުނަން ނޭނގޭކަމަށާއި ލަވަ ކިޔަން ދަސްކޮށްދިން މީހަކު ވެސް ނެތް ކަމަށް >>
ނަނާ ހުވަފެން ފަރިހި – ގުރުސް ފެންމަތިވުން
އިހުގެ ދިވެހި ޅެންވެރިކަން އަހަރެމެނަށް ވަރަށް ގިނަ ވާހަކަތައް ބުނެދެއެވެ. ދިވެހިންގެ ސަގާފަތާއިި ތާރީޙުގެ ތެރޭ ހިނގާ ދިޔަ މިވެނި ކަމެއްގެ ވާހަކައާއި ރަށްތަކުގެ ގުދުރަތީވެށީގެ ސިފަކުރުންތަކާއި ރަށްފުށުގެ ދިރިއުޅުން ހުރިގޮތާއި ދިވެހިންގެ އިޢުތިޤާދުން އެތައް ވާހަކައެވެ. އެއްވެސް ގައުމެއްގެ ވެދިޔަހައި >>
ނާޖިޙްގެ ދިރާސާ: ދިވެހި ބަހުގައި ބޭނުންކޮށްއުޅޭ މަނިކުފާނާއި މެދު
ލިޔުނީ: ލިޔުނީ: މުޙައްމަދު ނާޖިޙު މުޙައްމަދު ނާޖިޙަކީ ދިވެހި ބަހާއި ތާރީޚްގެ މައްޗަށް އެކި ދިރާސާތައް ކުރައްވާފައިވާ ތާރީޚާއި ބަހުގެ އިލްމުވެރިއެކެވެ. އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގައި ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވާ މުދައްރިސެކެވެ.    ~ “މަނިކުފާނު”މި ނަން ކިޔާއިރު ފުރަތަމަ >>
ޝައިޚްޒުބައިރު – ޙުސައިން ޞަލާހުއްދީން
“ޝައިޚްޒުބައިރު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގެ ބާވަތްތަކުގެތެރެއިން ރައިވަރާއި ބެހޭ ގިނަ ފިލާވަޅުތަކެއް ދަސްވާނޭ ގޮތުން އަދި ބައެއް ރައިވަރު ފޮތްތަކުގެ ނަކަލާއި އެކު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ދިވެހި ބަހުގެ އަދަބީ ތަރިކައެކެވެ. މި ފޮތުގައި ޙުސައިން >>
ކަންޒުލް އަދަބު – ބޮޑުފެންވަޅުގޭ ސީދީ
“ކަންޒުލް އަދަބު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ހިމެނޭ ޅެންވެރިކަމުގެ މައްޗަށް އެންމެ ތަފްސީލުގޮތެއްގައި ލިޔެވިފައިވާ އެއް ފޮތެވެ. މި ފޮތް ލިޔުއްވާފައިވަނީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ މި >>
ޅެން: ހުރިކަންތަކާ ދުރުވާށެ ޑަރް
ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޒުލްޤައިދާ 1319ހ (17 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މިސްރުގެ އަލްޖާމިއުލް އަޒަހަރުންނެވެ. އަބްދުﷲ ފަހުމީ ދީދީއަކީ ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކެއްގައި >>
މާޅޮސްމަޑުލު ރައިވަރު
ދިވެހި ޅެންވެރިކަމުގެ އެންމެ ރީތި އެއްބާވަތަކީ ރައިވަރެވެ. ރައިވަރު ހަދަންފެށުނު ދުވަސްވަރެއް އެނގެން ނެތް ނަމަވެސް މިއަދާ ހަމައަށް ދޫދޫމަތިން އަހަރެމެންނާއި ހަމައަށް އައިސްފައިވާ ރައިވަރުތަކުން ދިވެހިންގެ ޒަމާންވީ ދިރިއުޅުމާއި ޅެންވެރިކަމުގެ ފުރިހަމަކަން ދައްކުވައިދެއެވެ. މާޅޮސްމަޑުލު ރައިވަރުތަކަކީ އަޅުގަނޑު ބ. އަތޮޅުގެ >>
ދިވެހި ޅެން ވަޒަނުގެ ހަމަ
ވަޒަނަށް ފައްތައިގެން ޅެން ހެދުން މިއަދުގެ ޖީލަށް ވަނީ ދަތިކަމަކަށްވެފައެވެ. ނުވަތަ ޅެމާއި ޅެން ވަޒަނާއި ބެހޭގޮތުން ލިޔެވިފައިވާ ލިޔުންތައް މަދުކަމާއި އެކު ދަސްކުރަން އުނދަގޫވެފައެވެ. ދިވެހި ޅެމާއި ޅެންވެރިކަމަށް ފަށައިގަތުމުގެ ކުރިން ދިވެހި ޅެން ވަޒަނުގެ ހަމަތައް ދަސްކުރުމަކީ ނުހަނު >>