ފަޅުގެތަކާއި ވީރާނާވެފައިވާ ބިނާތަކުންވެސް ދިވެހިންގެ ކުރީގެ ދިރިއުޅުން ދައްކުވައިދެއެވެ. މި ފޮޓޯތަކަކީ އަޅުގަނޑު 2017 ވަނަ އަހަރުގެ ކުރީކޮޅު ބ. ހިތާދޫއަށް ކުރި ދަތުރެއްގައި ނަގާފައިވާ ފޮޓޯތަކެކެވެ. ހިތާދޫއަށް އަރާ ރަށުތެރޭ ހިނގާލުމުން އެންމެ ބޮޑަށް އަޅައިގަތީ ރަށުގައިވާ ފަޅުގެތަކެވެ. އެތައް އަހަރަކު ފަޅަށް ހުރި ނަމަވެސް ރީތި ގެތަކެކެވެ. ކުރީގެ ދިރިއުޅުމާއި ދިވެހިންގެ ގެދޮރު އިމާރާތްކުރުމުގެ ގޮތްތައް ދައްކުވައިދެއެވެ. ރަށުގައި ހުންނަން ލިބުނު ދުވަސްކޮޅު މަދުކަމާއި އެކު ނެގިފައިވަނީ ބައެއް ފަޅުގެތަކުގެ ފޮޓޯތަކެވެ. ކުރީގެ ގޮތަށް ހުރި ގެތައް ވީރާނާވެ ގެދޮރު އިމާރާތްކުރުމުގެ ގޮތްތަކަށް ބަދަލު އައިސްފައިވާއިރު އިހުގައި ދިވެހިން ގޯތިގެދޮރު ބިނާކޮށްފައިވާ ގޮތް ފަހަށް ފެންނަށް ހުރުން މުހިންމެވެ.





ހިތާދޫ ދުވަސްވީ ގެއެެއްގެ އެތެރެގެ އަދި ފާރުގައި ބަހައްޓާފައި ހުރި ގަޑި
ހިތާދޫ ދުވަސްވީ ބަދިގެއެއް
ބަދިގެ އުނދުން
ބަދިގެ ދުމަށިމަތި



ހިތާދޫ ދުވަސްވީ ބަދިގެއެއް


ބަދިގެއެއްގެ އީޓު ފުރާޅު އަދި މަތިވަޑާންގަނޑު
ބަދިގެ ކާލި،
މިއީ ގެންގުޅޭ ބައެއް ތަކެތި ބެހެއްޓުމަށް ހަރުކޮށްފައިހުންނަ ފިލާގަނޑެއް


ތެޅިގަލުގެ ދުވަސްވީ ގެއެއް
ވަށި، މިއީ ކަފުނާއި ފޭރާން ރައްކާކުރުމަށް ކަށިކެޔޮފަތުން ވިޔާ އެއްޗެއް
ރޯނުފުރި އެނދު

ޓިނު ފުރާޅުގެއެއްގެ މަތިވަޑާންގަނޑު
އުވައިން ހަދާފައިވާ ޓިނުފުރާޅުގޭގެ އެތެރެ
އާނގު، މިއީ ގޭގެ ބިތުގައި ވަޔާއި އަލި އެތެރެއަށް ވަދެނިކުމެވުމަށްޓަކައި ކަނޑައިފައި ހުންނަ ބައެއް އަދި ފުޅި ބައްތިއެއް




ތޭރިލީ ކުޑަދޮރު

ގޯނިލީ ދޮރު

އިހުގެ ފަރުމާއެއް ދައްކުވައިދޭ މަލާފަތެއް

ސީނު ތަށި، މިއީ އިހުގައި ޗައިނާއިން ގެންނަ ތަށްޓެއް