ބަހުގެ ދިރާސާ 1- ސިންގަޅަ ދިވެހި އެއްގޮތްކަން

ރޯޔަލް އޭޝިއާޓިކް ސޮސައިޓީ އޮފް ސްރީ ލަންކާ އުފެދިފައިވަނީ 1845 ވަނަ އަހަރުގައެވެ. ބަހާއީ ތާރީޚް އަދި ޘަގާފަތުގެ ދިރާސާ މަސައްކަތްތަކުގެ 160 އަހަރުގެ ދިގު ތާރީޚެއް އޮތް އޭޝިއާޓިކް ސޮސައިޓީގެ ދަށުން ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުގެ ތަކުގެ ބަހާއި ތާރީޚް އަދި ޘަގާފަތުގެ އެކި ދިރާސާކޮށް ޝާއިއުކުރެވިފައިވެއެވެ. ދިވެހި ބަހާއި އަދި ތާރީޚްގެ މައްޗަށް ކުރެވިފައިވާ މުހިންމު ގިނަ ދަރާސާތަކެއްވެސް ރޯޔަލް އޭޝިއާޓިކް ސޮސައިޓީގެ ފަރާތުން ޝާއިއުކޮށްފައިވެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 1900ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ތާރީޚްގެ މައްޗަށް ގިނަ ދިރާސާތަކެއް ކުރި އެޗް.ސީ.ޕީ ބެލް ގެ މަސައްކަތްތައް ހިމެނެއެވެ. ބެލްގެ އިތުރުން ދިވެހި ބަހުގެ އެންމެ ފުރިހަމަ ދިރާސާއެއް ކުރި ވިލްހަމް ގައިގަރ ގެ މަސައްކަތްތައް ހިމެނެއެވެ. ގައިގަރ ގެ ދިރާސާ ޝާއިއުކުރެވިފައި ވަނީ 1919 ވަނަ އަހަރުގައެވެ.

ގިނަ މިފަދަ ދިރާސާތައް ޝާއިއުކުރެވިފައި ވަނީ ރޯޔަލް އޭޝިއާޓިކް ސޮސައިޓީ ކޮލަންބޯގެ ޖާނަލްގައެވެ. ތިރީގައި މިވަނީ ޔުނިވާރސިޓީ އޮފް ނިއުޔޯރކްގެ އެމް.ޑަމްލިއު.އެސް ޑެ ސިލްވާ 1969 ވަަނަ އަހަރު ރޯޔަލް އޭޝިއާޓިކް ސޮސައިޓީގައި ދެއްވާފައިވާ ލެކްޗަރެއްގެ މައްޗަށް ބިނާކޮށް ރޯޔަލް އޭޝިއާޓިކް ސޮސައިޓީގެ 125 ވަނަ އަހަރީ ޖާނަލްގައިވާ ލިޔުމެކެވެ. މި ލިޔުން ޝާއިއުކުރެވިފައިވަނީ ޖާނަލް އޮފް ދަ ސިލޯން ބްރާންޗް އޮފް ދަ ރޯޔަލް އޭޝިއާޓިކް ސޮސައިޓީ، ނިއު ސީރީޒް، ވޮލިއުމް XIV ގައެވެ.

މިފަދަ ދިރާސާތަކަކީ ދިވެހި ބަސް ކިޔަވަމުން ދާ ކުދިންނަށް މުހިންމު މަސައްކަތްތަކަކަށްވާތީ  ޝާއިއުކުރެވިފައިވަނީއެވެ. ޑެ ސިލްވާގެ މަސައްކަތް މި ވެބްސައިޓްގައި ޝާއިއުކުރުމަށް ލިބިފައިވަނީ ރޯޔަލް އޭޝިއާޓިކް ސޮސައިޓީ، ކޮލަމްބޯ އިންނެވެ.

ޕީ.ޑީ.އެފް ޑައުންލޯޑް ކުރުމަށް:

Some Affinities Between Sinhalese And Maldivian – M. W. S De Silva