ހަލީމާ – އެކަނިވެރި ހަޔާތެއްގެ ހިމޭންކަން

ހަލީމާގެ އެކަނިވެރިކަން

ގެއިން ނިކުމެ ހަޔާތުގެ ފިކުރުތަކަށް ގެއްލިހުރެ ހަލީމާ ބޮޑުމަގުން އަތިރިއަށް ދިއުމަށް ހިނގައިގަތެވެ. ވަދާދިޔަ ދޯނިތައް މިހާރު އަންނާނެއެވެ. ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ގަދަ ނަކަތްތަކެވެ. އަދަ ފުނޯސް ފުސް ނަކަތުގެ ގަދަވަޔާއި ބޯވިއްސާރައެވެ. ހަޔާތުގެ ފުސްކަމަށްވުރެ ލައިގެން ކާނެ އެއްޗެއް ހޯދުން ހިތްދަތިކަމަކަށް ވަނީވެފައެވެ. އީސާފުޅު ރުކުން ވެއްޓި ނިޔާވިފަހުން މީހަކު މަސްކޮޅެއް ދިއްކޮށް ނުލިއްޔާ ގިނަފަހަރަށް ފެނުކެއްކި ބަނބުކެޔޮ ކޮޅަކުން ފުއްދާލަނީއެވެ. މާނަކަތްގެން މަޑުވަންދެން އޮޑިދޯނި ފަހަރު އަޅާފައި މަސްވެރިން ތިބޭނީ ރަށުގައެވެ. މަސްކޮޅެއް ކަށިފައްޗެއް ހާ ހިސާބުވެސް ނުލިބޭނެއެވެ. އެންމެންނަކީ ނިކަމެތިންނަށް ބަލައިގެން އުޅޭ ބައެއް ނޫނެވެ. އަދި އަމުދުން އަވަށުކޮޅު ދެރަވަރު ގެއްގައި އެކަނިވެރިކަމުގައި އުޅޭ ދުވަސްވީ އަންހެނަކަށް އަޅާލާނީ ކާކު ހެއްޔެވެ؟

ހަލީމާ އަތިރިއަށް ފޭބިއިރު އިރު މީހެއްގެ ހިލަމެއް ނެތެވެ. ވަދާ ދިޔަ ދޯނިތައް އަންނަ ތަނެއްވެސް ނުފެނެއެވެ. މާ އަވަހަށް އާދެވުނީ ވެސް ކަންނޭނގެއެވެ. ގޮނޑުދޮށަށް ފައިބާ ރާޅުޖަހާ ފަށުގައި ހަލީމާ މަޑުކޮށްލިއެވެ. އެކި ގޭގެއިން ތެލި ދޮންނަން އައިސް ގޮނޑުދޮށަށް އަޅާފައިވާ ތަކެތި ހޮވާ ކެއުމުގައި ކާޅުތައް އަވަދިނެތި އުޅެއެވެ. ބޮޑުމަގުން ހިނގާފައި އައުމުން ކިލާވެފައިވާ ދެފައި ދޮވެ ހަލީމާ އެއްގަމަށް ދިއުމަށް ހިނގައިގަތުމުން ގޮނޑުދޮށުގައި ހޮވާކާން ތިބި ކާޅުތައް ވެސް އެކި ކޮޅު ކޮޅަށް އުދުއްސައިގަތެވެ. ހަލީމާގޮސް އޮޑިހަރުގެ ތަކާ ދިމާ ބޮޑުމިދިލިގަސްދޮށުގައި މަޑުކޮށްލިއެވެ. އެކަނިވެރިކަން ބައެއް ފަހަރު ހިތަށް ހަމަޖެހުން ގެނެސް ދިނަސް ފަޅުކަންވެސް ގެނެސްދެއެވެ. ބޮޑުމަގުން އަތިރިއަށް ފައިބާ ކޮންމެ ފަހަރަކު އެ ފަޅުކަން ހަލީމާގެ ހިތަށް އިތުރަށް ގެނެސްދެއެވެ. ރަށާ ކައިރި މާމަޑުއްވަރި ފެންނާތީއެވެ. އީސާފުޅުގެ ހަނދާންތައް އާވާތީއެވެ. އީސާފުޅު ރުކުން ވެއްޓި މާމަޑުއްވަރީގެ ފަހާ އެއްވެ ދިޔަސް ހަލީމާގެ ހިތުގައި މިއަދުވެސް ވަނީ އީސާފުޅުގެ  ހަނދާންތަކެވެ. އެއީ މަންމަ އާއި ކާފަ ހާޖީބެއާއި އެކު މާމަޑުއްވަރިއަށް ދަރުހޮވަން ދިޔަ ދުވަހެކެވެ.

ފުރާވަރުގެ އެންމެ ދުރު ހަނދާތައް އައިސް ހަލީމަ ޖެހިގެން އޮތް މާމަޑުއްވަރިއަށް ގެންދިޔައެވެ.

ކަލާއަކީ ފުންކަނޑެވެ

ދެމޭ އޮޔާއި ރާޅެވެ

ހިމޭން މެންދަންތަކާއި ތޫފާންތަކުގެ ރޭތަކެވެ

އޮއްސޭއިރަށް ރަށްމަތިން ދާ ދޫނިތަކެވެ

ސަނދުރަވި ސާފު އުޑުމައްޗެވެ

ކަޅުފޮއެ ރޭރެއަށް ހަނާ އަޅާ ތަރިތަކެވެ

އުޑުމަތިންގޮސް އޮބާލާ ގިނިކަނދެވެ

ކަލާއަކީ ވަރަށް ގިނަ އިހުސާސްތަކެވެ

ދުވަސްތަކާއި ރޭތަކެވެ

~

ޅަފުރާގެ ލޯބި

ހަނދުވަރު ރީތި އުޑުމައްޗަށް ބަލަހައްޓައިގެން އީސާފުޅު ރުށްދޮށުގައި ހުއްޓެވެ. އެންމެ މީރުވާނީ ފުރަދަންވަރަށް ބާލާ ރާކަަށް މީހުން ކިޔާ އުޅެއެވެ. އެކަން އެންމެ ރަނގަޅަށް ދަންނަ މީހަކީ އީސާފުޅެވެ. ރުކުން ބޭލި ރާބަދި ހިފައިގެން ތުނޑިކޮޅާ ދިމާއަށް ދިއުމަށް އީސާފުޅު ހިނގައިތެވެ. އަތޮޅުގެ އެހެން މީހުން އެރަށަށް މާމަޑުއްވަރި ކީ ނަމަވެސް އީސާފުޅަށް އެއީ ސަނދުރަވިފުއްޓެވެ. މާމަޑުއްވަރީގެ ސަނދުރަވި ރީތިކަން މިކަހަލަ ހިމޭން އެތައް ރެޔަކު އީސާފުޅަށް ފެނިފައެވެ. ހިތާދޫ ބޯގައަށް ލިޔުއްވާފައިވާ ރުއްގަނޑުމަތިން ހަނދުވަރު ރީތި ރޭރޭ އުދުހޭ އަލިގުޅަތައް އީސާފުޅަށް ފެނެއެވެ. އުޑުމަތިން މާދުރަށް އޮބާލާ ގިނިކަނދުތައް ވެސް ފެނެއެވެ.

ތުނޑީކޮޅު ކަނޑަށް އެޅިފައިވާ ހަނދުވަރުގެ ތެރެއިން ޖެހިގެން އޮތް ހިތާދޫ ފެންނަ އިރު އީސާފުޅަށް ސިފަވަނީ އެރަށު ދެކުނު އަވަށު ހަލީމާއެވެ. ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެކަން ދަންނާނީ ކާކުބާއޭ އީސާފުޅު ހިތަށް އެރިއެވެ. ހަލީމާގެ ތަސްވީރު އީސާފުޅުގެ ހިތުގައި ކުރެހުނީ ދިޔާހަކުރު ވިއްކަން އެރަށަށް ދިޔަ ދުވަހެއްގައި ހާޖީބެ ގޯތިންނެވެ. އީސާފުޅަކީ ފެހެންދޫ މީހެކެވެ. މާމަޑުއްވަރީގައި ރުއް އިންދާ ހެއްދީ އިސާފުޅުގެ ކާފަ ފެހެންދޫ އިދުރީސްބެއެވެ. ކާފަ ނިޔާވިފަހުން އީސާފުޅުގެ ބައްޕަ ފެހެންދޫ އުމަރެވެ.

ތުނޑީކޮޅު ކަނޑަށް އެޅިފައިވާ ހަނދުވަރުގެ ތެރެއިން ޖެހިގެން އޮތް ހިތާދޫ ފެންނަ އިރު އީސާފުޅަށް ސިފަވަނީ އެރަށު ދެކުނު އަވަށު ހާޖީބެގޯތި ހަލީމާއެވެ. ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެކަން ދަންނާނީ ކާކުބާއޭ އީސާފުޅު ހިތަށް އެރިއެވެ. ހަލީމާގެ ތަސްވީރު އީސާފުޅުގެ ހިތުގައި ކުރެހުނީ ދިޔާހަކުރު ވިއްކަން އެރަށަށް ދިޔަ ދުވަހެއްގައި ހާޖީބެ ގޯތިންނެވެ. އީސާފުޅަކީ ފެހެންދޫ މީހެކެވެ. މާމަޑުއްވަރީގައި ރުއް އިންދާ ހެއްދީ އިސާފުޅުގެ ކާފަ ފެހެންދޫ އިދުރީސްބެއެވެ. ކާފަ ނިޔާވިފަހުން އީސާފުޅުގެ ބައްޕަ ފެހެންދޫ އުމަރެވެ.

ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެކަން ދަންނާނީ ކާކުބާއޭ އީސާފުޅު ހިތަށް އެރިއެވެ. އަތޮޅުގެ އެހެން މީހުން އެރަށަށް މާމަޑުއްވަރި ކީ ނަމަވެސް އީސާފުޅަށް އެއީ ސަނދުރަވިފުއްޓެވެ. މާމަޑުއްވަރީގެ ސަނދުރަވި ރީތިކަން މިކަހަލަ ހިމޭން އެތައް ރެޔަކު އީސާފުޅަށް ފެނިފައެވެ. ހިތާދޫ ބޯގައަށް ލިޔުއްވާފައިވާ ރުއްގަނޑުމަތިން ހަނދުވަރު ރީތި ރޭރޭ އުދުހޭ އަލިގުޅަތައް އީސާފުޅަށް ފެނެއެވެ. އުޑުމަތިން މާދުރަށް އޮބާލާ ގިނިކަނދުތައް ވެސް ފެނެއެވެ.

ތުނޑީކޮޅު ކަނޑަށް އެޅިފައިވާ ހަނދުވަރުގެ ތެރެއިން ޖެހިގެން އޮތް ހިތާދޫ ފެންނަ އިރު ހީވަނީ އެރަށު އަވަށުކޮޅު ހަލީމާތު ފެންނަހެންނެވެ. ހަލީމާގެ ތަސްވީރު އީސާފުޅުގެ ހިތުގައި ކުރެހުނީ ދިޔާހަކުރު ވިއްކަން އެރަށަށް ދިޔަ ދުވަހެއްގައި ހާޖީބެ ގޯތިންނެވެ. އީސާފުޅަކީ ފެހެންދޫ މީހެކެވެ. މާމަޑުއްވަރީގައި ރުއް އިންދާ ހެއްދީ އިސާފުޅުގެ ކާފަ ފެހެންދޫ އިދުރީސްބެއެވެ. ކާފަ ނިޔާވިފަހުން އީސާފުޅުގެ ބައްޕަ ފެހެންދޫ އުމަރެވެ.

އީސާފުޅު ރާބަދި ހިފައިގެން ތުނޑިކޮޅުގައި މަޑުކޮށްގެން ހުރުމަށް ފަހު ގެއަށް ދިއުމަށް ހިނގައިގަތެވެ. ފަޅުރަށެއްގައި އެކަނި އުޅުމަކީ އީސާފުޅު ޖެހިލުންވާ ކަމެއް ނޫނެވެ. ހަނދުވަރު ދޭ ރޭތައް ނިމި ކަޅުފޮއެ ރޭތައް އަންނަ އިރުވެސް އީސާފުޅު މާމަޑުއްވަރީގައި މަޑުކުރެއެވެ. މަދުފަހަރެއްގައި ނޫނީ ހިތާދޫއަށް ނާރައެވެ. ރާއަރާ ދުވަސްތައް ނިންމާފައި އެނބުރި ފެހެންދޫއަށް ދަނީއެވެ. ނަމަވެސް އެންމެ ފަހުން ހިތާދޫއަށް ހަކުރު ވިއްކަން ދިޔަ ދުވަހު ހާޖީބެ ގޯތިން ފެނުނު ހަލީމާގެ ހިޔާލުތަކުން މަހުގެ ކަޅުފޮއެ ރޭތަކަށް ހިތާދޫއަށް ދިއުމަށް އީސާފުޅު ހިތަށް އެރިއެވެ. މިއީ ތޭރަ ވިލޭރެއެވެ. ބުރުހަމަ ހަނދު ފެންނާނީ މާދަމާރެއެވެ. ސާދަ ފަނަރަ ވިލޭރޭ މަޑުކޮށްފައި ސޯޅައަނދިރީގެ ކުރިން ހިތާދޫއަށް ދާނީއެވެ. ހަލީމާގެ ހިޔާލުގައި ހުރެގެން ގެގަނޑާއި ހަމައަށް އާދެވުނު އިރު ވަގުތު ބަލަން ގެންގުޅޭ ދަންފުޅިން ނުވަފުޅި ދަމަށް ހިނގައްޖެއެވެ. ހެނދުނު ހޭލައިގެން ރުއްގަނޑާއި ދިމާލަށް ދާންކަމަށް ބޭރު އަށީގައި ޖައްސާލިތަނުން އީސާފުޅަށް ނިދިއްޖެއެވެ.

~

ހަނދުވަރު ރީތި ރެޔަކަށް ވުމާއި އެކު މާމަޑުއްވަރިއަށް ދަރުހޮވަން އައި ހިތާދޫ ހާޖީބެއާއި އަންހެނުން ގަމަރިއްޔާ ނިންމީ ފަޅު ރަށުގައި މަޑުކުރާށެވެ. ދަރާއި ކާށި ހޮވަން އަންނަ ބައެއް ދަތުރުތަކުގައި ހާޖީބެ އެނބުރި ހިތާދޫއަށް ދަނީ މާމަޑުއްވަރިގައި ރޭކޮށްފައެވެ. މާމަޑުއްވަރީގައި ރުއްއަރަން އުޅުނު ފެހެންދޫ އުމަރަކީ ހާޖީބެގެ މިތުރެކެވެ. އުމަރުބެގެ ދުނިޔޭގައި ރާއަރަން ގިނަ ދުވަސްތައް ހޭދަކުރީ މާމަޑުއްވަރީގައެވެ. އުމަރުބެ އުޅެން ހަދާފައިވާ ގެއާއި ފެންވަރަށް ރާނާފައިވާ ވަޅާއި ގިފިލި ގޯތި އަދިވެސް ރަނގަޅަށް އެބަ އެބަ ހުއްޓެވެ. އުމަރުބެ ޖުޒާމްބަލީގައި ނިޔާވި ފަހުން މާމަޑުއްވަރިއަށް ރުއްއަރަށް އެހެން ބަޔަކު ނާދެއެވެ. އުމަރުބެގެ އީސާފުޅު މަސްވެރިކަން ދަށް ދުވަސްވަރު މާމަޑުއްވަރިއަށް އައިސް ރުއް އަރާތީ ގެގަނޑާއި ގިފިލި ވަޅު ރަނގަޅަށް ބަލަހައްޓައެވެ.

5 ކޮމެންޓު ”ހަލީމާ – އެކަނިވެރި ހަޔާތެއްގެ ހިމޭންކަން“

    ޜައޫފު

    ކޮބާ އަނެއްބައި، ވަރަށް ސަޅި👍

    އަޙުމަދު

    ވަރަށްސަޅި ވާހަކައެއް. އަނެއްބަޔަށް އިންތިޒާރުކުރަން.

    ޝިޔާމް

    ވަރަށް “ނަލަ” “ޗާލު” “ސާދާ” ވާހަކައެއް. ކުރިއަށް އޮތް ބަޔަށް އިންތިޒާރުކުރަން. އޮއްޓަރުހުރި މަޢުލޫމާތުން މުއްސަނދިވެފައިވާ މި ސައިޓަށް ވަރަށް ފަހި ކުރިމަގަކަށް އެދެން.

    ޒަޔާފް ފަޔާޒް

    ވަރަށް ފުރިހަމަ،

    ފަޔާޒް

    ވާހަކައިގެ އަނެއްބަޔަށް އިންތިޒާރުކުރަން

Leave a Reply to ޒަޔާފް ފަޔާޒް ކެންސަލް ރިޕްލައި