ތަސްވީރުން: ކުރީގެ އުވަ މިސްކިތްތައް

ދިވެހިންނަކީ މަސައްކަތްތެރިކަމުގެ ނަމޫނާ ބައެކެވެ. ދިވެހިންގެ މަސައްކަތްތެރިކަމުގެ ފަންނު އެންމެ ބޮޑަށް ފެންނަން ހުރީ އިހުގެ މިސްކިތްތަކުންނެވެ. ތަރައްގީގެ ބާރު އޮވަރުގެ ތެރޭގައި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިފަދަ ގިނަ މިސްކިތްތައް ވަނީ ނެތިގޮސްފައެވެ. ފެންނަންހުރީ މަދު ރަށެއްގައި ހުރި މަދު މިސްކިތެކެވެ.

މި ފޮޓޯތަކުގައި މި ވަނީ ކުރީގެ ބައެއް މިސްކިތްތަކުގެ ފޮޓޯތަކެވެ. ހިރިގަލުގެ މަސައްކަތަށް ވުރެ އުވައިގެ މަސައްކަތް ފެންނަންހުރި މިސްކިތްތަކެވެ. މި ފޮޓޯތަކުގައިވާ ގިނަ މިސްކިތްތައް މިހާރު ފެންނަން ނެތެވެ. ދިވެހި ރާއްޖޭގެ އާކިޓެކްޗަރ ކިޔަވާ ކުދިންނަށް ކުރީގެ އިމާރާތްކުރުމުގެ ފަންނާއި ބެހޭގޮތުން މި ފޮޓޯތަކުން މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

ތަރައްގީ އަކީ ރަށުގައި ހުންނަ ދުވަސްވީ އާޘާރީ މިސްކިތް ތަޅާލުމެއް ނޫނެވެ. އާޘާރީ މިސްކިތް ހިމާޔަތްކޮށްފައި އާ މިސްކިތް އެޅުމެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ދުވަސްވީ އަދި އާޘާރީ މިސްކިތްތައް ވަނީ ޒަމާނުގެ އޮޔާއި އެކު ހަލާކުވެ ނެތިގޮހެވެ. އަދި މިހާރު ފެންނަންހުރި ގިނަ މިސްކިތައްވެސް އަޅާލުމެއް ނެތުމުގެ ސަބަބުން ދަނީ ވީރާނާވެ ހަލާކުވަމުންނެވެ. ގައުމެއްގެ އެންމެ އަގުބޮޑު އެއް ތަރިކަ އަކީ ދުވަސްވީ ބިނާތަކެވެ. ދިވެހި ރާއްޖޭގެ ގައުމިއްޔަތުގެ އެއް ބަޔަކީ ވެސް މިއީ އެވެ. އާޘާރަށް ލޯބި ނެތް ގައުމެއްގައި ގައުމިއްޔަތަށް ލޯބި ހުރުން ދުރެވެ. ރަށްރަށުގައި ހުރި ދުވަސްވީ މިސްކިތްތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތްކަމެކެވެ.

ބ. ދޮންފަނު ގައި ހުރި ދުވަސްވީ މިސްކިތެއް. ފޮޓޯ: 1979

ބ. ކުޑަރިކިލު ބާ މިސްކިތް

ދ. ކުޑަހުވަދޫ ކުރީގެ މިސްކިތާއި ދޮރާށި. ފޮޓޯ: 1979

ރ. އުނގޫފާރު ބާ މިސްކިތް. ފޮޓޯ: 1979

ދ. މީދޫގެ ކުރީގެ މިސްކިތެއް. ފޮޓޯ: 1979

ގއ. ކަނޑުހުޅުދޫ ކުރީގެ މިސްކިތް. ފޮޓޯ: 1980

ށ. ބިލެއްފަހީގައި ހުރި ދުވަސްވީ މިސްކިތެއް. ފޮޓޯ: 1980

ށ. ފުނަދޫގެ ކުރީގެ މިސްކިތެއް. ފޮޓޯ: 1980

ރ. މީދޫ ވަލު މިސްކިތް. މިއީ ރާއްޖޭގެ ރަށެއްގައި އެންމެ ރަނގަޅަށް ބަހަލައްޓާ އެއް އާޘާރީ މިސްކިތް. މިއީ އުވަ މިސްކިތެއް ނޫނެވެ.

ދ. ރިނބުދޫގައި ހުރި އިހުގެ މިސްކިތެއް. ފޮޓޯ: 1981

ފ. ދަރަބޫދޫގެ ދުވަސްވީ މިސްކިތް. ފޮޓޯ: 1981

ފ. މަގޫދޫ ދުވަސްވީ މިސްކިތެއް. ފޮޓޯ: 1981

ޅ. ނައިފަރުގައި ހުރި މިސްކިތެއް. ފޮޓޯ: 1981

މ. މަޑުއްވަރި ކުރީގެ މިސްކިތް. ފޮޓޯ: 1981

ނ. ހޮޅުދޫގައި ހުރި ކުރީގެ މިސްކިތެއް. ފޮޓޯ: 1981

ނ. މާފަރުގައި ހުރި ދުވަސްވީ މިސްކިތެއް. ފޮޓޯ: 1981

ނ. އުނގުލު މިސްކިތް. އުނގުލަކީ މިހާރު ފަޅު ރަށެއް. ފޮޓޯ: 1981

އދ. ދިއްދޫގައި ހުރި އިހުގެ މިސްކިތެއް. ފޮޓޯ: 1982

އއ.ބޮޑުފުޅަދޫ ދުވަސްވީ މިސްކިތް. ފޮޓޯ: 1982

ލ. ގަމުގައި ހުރި އާޘާރީ މިސްކިތެއް. ފޮޓޯ: 1982

ލ. ކުނަހަންދޫގައި ހުރި އިހުގެ މިސްކިތެއް. ފޮޓޯ: 1982

ލ. މާވަށުގައި ހުރި އިހުގެ މިސްކިތެއް. ފޮޓޯ: 1982

ނ. ކެނދިކުޅުދޫ އަންހެނުންގެ މިސްކިތް. ފޮޓޯ: 1982

ރ. ފައިނު މިސްކިތް. ފޮޓޯ: 1982

ރ. އުނގުލު މިސްކިތް. ރ. އުނގުލަކީ މިހާރު ފަޅެ ރަށެއް. ފޮޓޯ: 1982

ބ. ގޮއިދޫ ބާ މިސްކިތް

 

  • މި ލިޔުމުގައިވާ 1970 އަދި 1980ގެ އަހަރުތަކުގެ ފޮޓޯތައް ނަންގަވާފައިވަނީ ހަސަން ނަޖުމީއެވެ.