ޅެން: ކަށަވަރޭ އަންނާނަމޭ

90ގެ އަހަރުތަކުގައި ފުރަތަމަ އިވިގެން ދިޔަ މި ލަވަ އަކީ އަދިވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އެއް ލަވައެވެ. މި ލަވައިގެ ޅެން ހައްދަވާފައިވަނީ މުހްތާޜު ފަހުމީއެވެ.

 ޔޫޓިއުބް ލިންކު: ކަށަވަރޭ އަންނާނަމޭ

ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ

މަގަތުގައި އިންނާނަމޭ އޮންނާނަމޭ އަންނާނަމޭ

ދިހި މޮހާ ފަތުރާ ރިޔާ ހަނދުވަރުނަ ދޯދިން ތެމިލުމަށް

ރިހި ހަނދާ ކެތި ކައިރިވާ ހިނދު ވަގުތު އަދި އަތުލާނަމޭ

މަގު ފުޅާ ކަމުގައި ހިތާ ހުއްޓާ އިރު އޮއްސުނީ

ގާތަކާ ކަށިބޯތަކުން ފުރިފާ ވަށައިގެންވާ ފަރޭ

އެއްގޮތެއް ވެސް ހަމަ ނެތީ ދަތުރަށް ނުގޮސް ހަމަ ވާން ނެތީ

ދެއްކި ވާހަކަތައް އަނާ ނުފިލާ ހިތުން ހުންނާނުހޭ

ތަރި ގުނާ އުދި ދުއްލިސާ ގިނިހިލަ ހަވާ އަރުވާ ބަލާ

އިރުއަރާ އޮއްސޭތަނުން އަހަރެންގެ ނަން އިއްވާނުހޭ

މަންމަ ކޯމަސް ލޭފަ ހަންހާރައިން ބަލާ ގޮތުގައި ދަރީން

ދަންވަރާ ހެނދުނާ ހަވީރާ ސިންދިތާ ހިތުލާނަމޭ

މޫދުމާ ގަސްގަހު ތެރޭ ފީނާ ނަށާ މަސް ދެކިލުމަށް

ދޫނި ވާ ބީއްސާ ވެލީ ދިޔަރެސްތަކަށް ގެންދާނަމޭ

~

ބަސްކޮށާރު

ދިހި: ރިޔާ އަޅާއިރު ފަރުމާނުގައި ރިޔާ އެއްސުމަށް ކުރެވީގައި ހަރުކޮށްފައި ހުންނަ އެތިފަށް

ދުއްލިސާ: އިހުގައި ގެންގުޅުނު ތެޔޮއަޅައިފައި ފުއްލައިގެން ދިއްލަން ހަދައިފައި ހުންނަ ބައްތިއެއް

ލޭފަ، ހަންހާރަ: ލޯބި

ސިންދިތާ: ލޯބި، ލޯބިވެރިޔާ

ދިޔަރެސް: ގޮނޑުދޮށަށް ރާޅުޖަހާ ހިސާބު

4 ކޮމެންޓު ”ޅެން: ކަށަވަރޭ އަންނާނަމޭ“

    ލިލީ

    ހަވާ އަރުވާ ބަލާ..

    ފ.ދ.ދ

    ވަރައް ކަމުދާ ލަވައެއް.

    މުހައްމަދު

    ޅެންހަދާފައިވަނީ އަބްދުއްﷲ ހަމީދު ފަހުމީ ކަމަށް އަޑުއިވޭ. މުހުތާރު ކުރެން އަހާލަންވީނު ކިހިނެއްވީ ކަމެއްތޯ؟

      ޢަހުމަދު

      އަޅުގަނޑަށްވެސް އިވުނު ގޮތުގައި މި ޅެން ހެއްދެވީ ޢަބްދުﷲ ޙަމީދު ފަހުމީ.