މާފަންނު ސަހަރާ: މަހާނަތަކުގެ ރެކޯރޑްސް

މާފަންނު ސަހަރާގެ ބޮޑު ބަޔަކުން ގަބުރުތައް ނަގާ ހުސްކޮށް އެ ސަހަރާގައި ޕާރކިން ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައެވެ. އެކަމުގެ ތައްޔާރީތައް ފަށާފައިވާއިރު، ސަހަރާގެ ހުޅަނގު ދެކުނު ކަނުން ބޮޑު ބައެއްގައި ފެންސްޖަހާ މިހާރުވަނީ ބަންދުކޮށްފައެވެ. އަދި ސަހަރާގެ ތެރެއިން ގަބުރުތައް ނެގުމަށް ބޭނުންވާ ސަރަހައްދުގައި ފެންސް ޖެހުމުގެ ތައްޔާރީތައްވެސް މިހާރުވަނީ ފަށާފައެވެ.

ގަބުރުތައް ނަގައި ޕާރކިން ސިސްޓަމް ބަހައްޓާ ސަރަހައްދު

ވަޅުލެވިފައިވާ އާއިލާ މީހާގެ ގަބުރު ނަގައި އެހެން ތަނަކަށް ބަދަލުކުރާކަށް އެއްވެސް މީހަކު ނުރުހޭނެއެވެ. އަދި އެންމެ ފަހުގެ ހަނދާނެއްގެ ގޮތުގައި ފެންނަން ހުންނަ މަހާނަ ގަލާއި ގަލުގެ ލިޔުން ނެތިދާކަށް ވެސް ނޭދޭނެއެވެ. މަހާނަގަލުގެ ލިޔުންތަކަކީ ވަރަށް މުހިންމު މައުލޫމާތުތަކެއް އެކުލެވޭ ލިޔުންތަކެވެ. ނަސަބާއި ތާރީޚްގެ ކަންކަން ބަލާ ހޯދާ މީހުންނަށް ވެސް ނަސަބުގެ މައުލޫމާތު ލިބޭނެ ޒަރީޢާއެއްކަމުގައި ޒަމާނުއްސުރެ މަހާނަގަލުގެ ލިޔުންތައް ވެއެވެ. މި މުހިންމު ސަބަބުތަކަށްޓަަކައި ތާރީޚް ދިރާސާކުރައްވާ މުހައްމަދު ނާޖިހް ވަނީ މާފަންނު ސަހަރާގައި ޕާރކިން ސިސްޓަމްތައް ބެހެއްޓުމަށް ހުސްކުރާ ހިސާބުގައިވާ މަހާނަ ގާތަކުގެ ފޮޓޯތައް ނަގައި ލިޔުންތަކާއި އެކު ފަހަށް ފެންނާނެ ގޮތަކަށް ރައްކާކޮށްފައެވެ. جزاك اللهُ خيرًا

މި މައުލޫމާތުތައް ހޯދަން ބޭނުންވާ އާއިލާތަކަށާއި އަދި މައުލޫމާތު ހޯދާ ފަރާތްތަކުގެ ފަސޭހައަށް މި ސަފްހާގައި ޝާއިއުކުރެވިފައިވަނީއެވެ. އިތުރު ފޮޓޯތައް ފޭސްބުކް ގްރޫޕް “ދިވެހީން“ގައި ވާނެއެވެ.

ނަން: ފާތިމަތު އަލީ

ރަށާއި އެޑްރެސް: ސޯސަންމާގެ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް:

މީލާދީ: 25 ޑިސެމްބަރ 1987

ހިޖުރީ: 4/5/1408

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

~

ނަން: މުހައްމަދު އިބްރާހިމް މަނިކު، 72 އަހަރު(ތުޅާދޫގޭ އިބްރާހީމް މަނިކުގެ ދޮންތުއްތު)

ރަށާއި އެޑްރެސް: ކާރނޭޝަން ވިއު، މައްޗަންގޮޅި، ކ. މާލެ

ނިޔާވި ތާރީޚް

މީލާދީ: 5 ޑިސެމްބަރ 1995

ހިޖުރީ: 21/6/1414

ނިޔާވީ އާދީއްދަ ދުވަހެއްގެ މެންދުރު ފަހު

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އިސްމާއިލް ހަސަން (ތަކުރުޅަތުއްތު)

ރަށާއި އެޑްރެސް: ސީނު ސަންފާގެ، ހެންވޭރު، ކ. މާލެ

އުފަންވީ 1933

ނިޔާވި ތާރީޚް

މީލާދީ: 31 ޖެނުއަރީ 1987

ހިޖުރީ: 2/6/1407

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ޒުލައިޚާ މުހައްމަދު (އަލިފުށީ ސީދީގެ ސިއްތި)

ރަށާއި އެޑްރެސް: ހަވާ، މާފަންނު، ކ. މާލެ

އުމުރު 55 އަހަރު

ނިޔާވި ތާރީޚް

މީލާދީ: 30 ނޮވެމަބަރ 1989

ހިޖުރީ: 1/5/1410

ނިޔާވީ ބުރާސްފަތި ދުވަހެއްގެ ހަވީރު 5:26ގަ

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އަބްދުﷲ އަޙްމަދު

ރަށާއި އެޑްރެސް: ކަނީރުމާގެ، ހދ. ނޮޅިވަރަންފަރު

ނިޔާވި ތާރީޚް

މީލާދީ: 8 މޭ 1986

ހިޖުރީ: 17/3/1416

*މަހާނަގަލުގައިވާ ހިޖުރީ ތާރީޚްވަނީ ގޯސްކޮށް. ރަނގަޅު ތާރީޚަކީ 1406

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: މުހައްމަދު ޝާހީން އަލީ

ރަށާއި އެޑްރެސް: ނަލަގެ، މައްޗަންގޮޅި، ކ. މާލެ

ނިޔާވި ތާރީޚް:

މީލާދީ: 22 ފެބްރުއަރީ 1991

ހިޖުރީ: 1/8/1411

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ފާތުމަތު ހަސަން މަނިކު

ރަށާއި އެޑްރެސް: ސްނޯ ޕީ، ހެންވޭރު، ކ. މާލެ

ނިޔާވި ތާރީޚް

މީލާދީ: 23 މޭ 1986

ހިޖުރީ: 14/9/1406

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އާމިނާ (މާންދޫގެ ތުއްތުމަނިއްޕުޅުގެ ތިއްތިގޮމަ)

ނިޔާވި ތާރީޚް

ހިޖުރީ: 29/4/1405

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ބަތްހިއްކާ މެދު ހުއްތު

ނިޔާވި ތާރީޚް: 18 ޑިސެމްބަރ 1991

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: މުހައްމަދު އަބްދުﷲ (ހާޖީކޮއި ކުޑަ ތުއްތު)

ނިޔާވި ތާރީޚް: 23 އޮކްޓޫބަރ 1991

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އައިޝަތު ޔޫސުފް

ރަށާއި އެޑްރެސް: އަސްރަފީގެ، ޅ. ނައިފަރު

ނިޔާވި ތާރީޚް: 13 އޮގަސްޓް 1991

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ހައްވާ ޒާހިރާ

ރަށާއި އެޑްރެސް: އާކާޝްވިލާ، ގަލޮޅު، ކ. މާލެ

ނިޔާވި ތާރީޚް: 1 ޑިސެމްބަރ 1991

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ޖާދޫ އިބްރާހިމް މަނިކު

އުފަންވީ: 1897

ނިޔާވި ތާރީޚް: 21 ސެޕްޓެމްބަރ 1991

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ހަޑިބައްޕާ ތުއްތުމަނިކެ

ރަށާއި އެޑްރެސް: ފޮނިތުޅާގެ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް: 10 ޑިސެމްބަރ 1992

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: މުހައްމަދު ހުސައިން (އިންނަ ތުއްތު)

ރަށާއި އެޑްރެސް: ކުނާވަށިގެ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް: 18 މޭ 1986

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އާދަމް މޫސާ (އާދަންފުޅު)

ރަށާއި އެޑްރެސް: ސައިބޯނިގަސްދޮށުގެ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް؛ 26 ޑިސެމްބަރ 1986

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އަބްދުﷲ ހުސައިން (ކާފު ހުސައިންފުޅު)

ރަށާއި އެޑްރެސް: ޕޫލްކޮޕީގެ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް؛ 9 ޖެނުއަރީ 1992

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ޤާސިމް މޫސާ (ބުރުނީ ކާސިމް)

ރަށާއި އެޑްރެސް: އުސާ، މާފަންނު، ކ. މާލެ

ނިޔާވި ތާރިޚް: 22 އޭޕްރީލް 1993

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ހުސައިން އަލީ ދީދީ

ރަށާއި އެޑްރެސް: އަލަކަ، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް؛ 1 މޭ 1998

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: މުހައްމަދު އަލީ ތައްހާން (ދޮންނަ މުހައްމަދުފުޅު)

ރަށާއި އެޑްރެސް: ނިކަގަސްދޮށުގެ، މައްޗަންގޮޅި، ކ. މާލެ

ނިޔާވި ތާރީޚް: 4 އޭޕްރިލް 1987

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އެސްޖެހިގޭ މެދު ސީދީގެ ސިއްތި

ރަށާއި އެޑްރެސް: ޝޭޑީ ޔާރޑް، މާފަންނު، ކ. މާލެ

ނިޔާވި ތާރީޚް؛ 17 އޮކްޓޫބަރ 1987

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ހައްވާ ރިޝްމީ މުހައްމަދު

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: އަލީ މޫސާ ދީދީ (ކަޅުތުއްތު ދީދީ)

ރަށާއި އެޑްރެސް: ފިނިވާގެ، ޏ.ފުވައްމުލައް

ނަޔާވި ތާރީޚް

މީލާދީ: 18 އޮކްޓޫބަރ 1988

ހިޖުރީ: 7/3/1409

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ސަރަނގު އިބްރާހިމް މުހައްމަދު މަނިކު

ނިޔާވި ތާރީޚް

މީލާދީ: 13 ޖެނުއަރީ 1988

ހިޖުރީ: 23/5/1408

މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވާށި. آمين

ނަން: ޚަދީޖާ މުހައްމަދު ދީދީ

ރަށާއި އެޑްރެސް: އަލްސިއޯން، މާފަންނު، ކ. މާލެ

ނިޔާވި ތާޜީޚް

މީލާދީ: 4 މާރިޗް 1988

ހިޖުރީ: 15/7/1408

މާތް ﷲ މަރުހޫމާއަށް ހެޔޮ ރަހުމަތް ލައްވާށި. آمين