ވާހަނދާނަކުން ރޮވެނީ މި ފަރިއްސަކީ ނައިފަރު ދޮހޮއްކޮ ކިޔާފައިވާ ވަރަށް މަގްބޫލު ފަރިއްސެކެވެ. މި ފަރިއްސަކީ ވެސް އިހުގައި އެކި ރަށްރަށުގައި ކިޔާއުޅުނު ފަރިއްސެއްކަމަށް ފެނެއެވެ. ދޮހޮއްކޮބެއާއި ހިސާބަށް އައިސްފައިވާ ގޮތަށް ދޮހޮއްކޮބެ ފަރިހި ކިޔާފައިވަނީއެވެ. މިއީ ދޮހޮއްކޮބެ ކިޔަފާއިވާ ހެދި މީހަކު ނޭނގޭ އިހުގެ ފަރިހިތަކުގެ ތެރެއިން ފަރިއްސެކެވެ. އެކި ރަށަރަށުގެ ނަންނަން މި ފަރިހީގައި އާދެއެވެ. ދޮހޮއްކޮބެ ކިޔާފައިވާ މި ފަރިއްސާއި އެއްގޮތް މިރާގަށް ކިޔާ އެހެން ފަރިއްސެއް ދުވަސްވީ މީހަކު އަޅުގަނޑަށް ކިޔާދީފައިވެއެވެ. އެކި ބަދަލުތަކާއި އެކު މި ރާގަށް އެކި ފަރިހި އެކި އެކި ރަށްރަށުގެ ނަމާިއ އެކު ކިޔާފައި ވެދާނެއެވެ. ފުރަތަމަ މި ނަކަލު ކުރަނީ ދޮހޮއްކޮބޭ ކިޔާފައިވާ “ވާ ހަނދާނަކުން ރޮވެނީ” މި ފަރިއްސެވެ.
~
މާދުރަށް ނުފެނިދާތީ ވާހަނދާނަކުން ރޮވެނީ
ލޮޑުކަމެއް ނިކަންލިބިފާ ކޮނޑުތަނަކު އަލުން ވިދިފާ
ގޮނޑުދޮށަށް މަގޮސްހުއްޓާ ބޮޑުނެރުންތާ ފުރީމާ، ވާހަނދާނަކުން ރޮވެނީ
ގޮނޑުދޮށުން ހުރީ ނުއަރާ ލޮނުގަނޑަށް މަހަށިލިބިފާ
ބޮޑުވިއޭ މިކަން ހިތުގާ ގޮނޑުގިރި ދަށަށްދިއައިމާ، ވާހަނދާނަކުން ރޮވެނީ
ނަންވާމަގޭ ގުރާފުޅު ލަންދޫމަތިން އަރާ އުހު
ތަންމުގުރިގެން ދިއަސް އުފް ނަންހިތް މަނާވެދޭނުކު، ވާހަނދާނަކުން ރޮވެނީ
ރާއަކުލަޖަރީ މުނިޔާ ވާދުވަހަު ހިތަށް އަނިޔާ
ބާރަށް ނިކަން އުދުހިފާ އާރަށު ދަށަށް ދިޔައިމާ، ވާހަނދާނަކުން ރޮވެނީ
ކައުނަތުގެ އަރާ ކުލަވަރު ދައުރުވާ ނަޔާ އަޒުހަރު
ހައުދަގަދަވެދާ ކުޅިވަރު ފައުފުވެ މަހިތުން ޤައުަހަރު، ވާހަނދާނަކުން ރޮވެނީ
ގިރިގިރާވަރު ދަށުންލާ ވިރިވެތިވެ އެދިޔާ މުނިޔާ
ހިރިނުލާހުރީ މައެތާ ކިރިޔާ ނުތެޅޭވަރުގާ، ވާހަނދާނަކުން ރޮވެނީ
ދެވަނަ ގޮތް:
ރާގުމޮޅު ނަޔާ ދާތީ، ވާ ހަނދާނަކުން ރޮވެނީ
ލޮޑުކަމެއް މަށަށް ލިބިފައި، ކޮނޑުތާކު އަލުން ވިދިފާ
ގޮނޑުދޮށަށް މަގޮސް ހުއްޓާ ބޮޑުނެރުންތާ ފުރީމާ، ވާހަނދާަކުން ރޮވެނީ
ހައިވާވަރުވެޔޭ އަމުދުން ބޯވަލުތެރޭގަ އުޅުމުން
ރޯސަހަ އެގުރާ ދިއުމުން، ވޯވަށުމަތިން އެރީމާ، ވާ ހަނދާނަކުން ރޮވެނީ
ތުބުކީގެ ބަހުގަހިފިފާ ކުނބުގާ އަނާ މި ބެނދިފާ
ލުބުހާރަވީ ދުވަހުގާ، ޖުނބުރީމަތިން އެރީމާ، ވާ ހަނދާނަކުން ރޮވެނީ
މަގުމަގުން ހިނގާގޮއްސާ ހަނިގޯޅިތެރަށް ވަނުމުން
ފަނިތިކި އަރުން ނުދާތީ، ހަނިކަނޑު ގިރާއެކުރުމުން، ވާ ހަނދާނަކުން ރޮވެނީ
އެރިއެކުވެބަލަން ހުއްޓާ އެރި މޫދުއަނާ ހުރެފާ
ދެރިޔަލުގެވައި އަޅާފާ ބެރިޔަންފަރަށް ވަނިމާ، ވާ ހަނދާނަކުން ރޮވެނީ
ލާއޮބާގުރާ ދިއުމުން ހާލުގާއެކަނި ޖެހުމުން
މާދުރަށް ފާޅުވެވުމުން މާދުއަށް އިންނަ ދިއުމުން، ވާ ހަނދާނަކުން ރޮވެނީ