ކަނޑުގެ ގުޅުން: ދިވެހިންނާއި އޮޅުދޫކަރަ އަދި ބައެއް ހަނދާންތައް

އޮޅުދޫކަރަ

އޮޅުދޫކަރަ ނުވަތަ އޮޅުދޫއަކީ ދިވެހި ރާއްޖޭގެ ތާރީޚްއާއި ގުޅިފައިވާ އަދި ދިވެހިން އެރަށަކާއި އޮޅު ރަށެކެވެ. އިންޑިއާ ކަނޑުގައިވާ މާސިންގާ ޖަޒީރާއެކެވެ. ދިވެހި ރާއްޖެއާއި ކައިރީގައިވާ މި ބޮޑު ޖަޒީރާއަށް އިހުއްސުރެ ދިވެހިން އެކި ނަންނަން ކިޔަމުން އައިސްފައިވެއެވެ. އޭގެތެރޭގައި ސަރަންދީބު، އޮޅުދޫކަރަ، ސިލޯނު ސިރީ ލަންކާ ހިމެނެއެވެ. ދިވެހި ރާއްޖެއަށް ކިޔާ ބޯދާ އެއް ނަމުގެ ގޮތުގައި އަހިލަންކަ ކިޔައެވެ. މިއީ އޮޅުދޫކަރައާއި ގުޅިފައިވާ ނަމެއްކަން ނޫންކަން އަދި މި ނަމުގެ އަސްލު އެނގޭކަށް ނެތެވެ. ދިވެހި ރާއްޖޭގެ ވާހަކަ އޮޅުދޫކަރައިގެ އެންމެ ދުވަސްވީ ތާރީޚްފޮތުގައި ވެސް ލިޔެވިގެންވެއެވެ. އެބައިމީހުންގެ މަހަވަމްސާއޭ ކިޔުނު ފޮތުގައިވަނީ