މީހުން

ހަބީބާ ޙުސައިން ޙަބީބް – ރާއްޖޭގައި ފޯކުލޯރުފަންނުގެ ބިންގާ އެޅުއްވި
އަލްއަމީރާ ޙަބީބާ ޙުސައިން ޙަބީބަކީ މުލީގޭ ދޮން ޙަސަން މަނިކުފާނު (ދޮންބަންޑާރައިން)ގެ ސުލްޠާން ޙަސަން ނޫރައްދީނުލް އައްވަލުގެ ސުލްޠާން މުޙައްމަދު މުޢީނުއްދީންގެ އިބްރާޙީމް (ކުޑަކިބާ ތުއްތު މަނިއްޕުޅު)ގެ މޫސާ އިބްރާޙީމް (ވެޔޮގޭ މަނިއްޕުޅުގެ) އިސްމާޢީލް ޙަބީބު (ކަކާގޭ މަނިއްޕުޅު)ގެ ޙުސައިން ޙަބީބު >>
ބައްޕަގެ ހަނދާން – އަހަރެން ދުށް ކުޑަރިކިލު ޖަލީލް
ރެޔަކީ ނުވަދިހައިގެ ރޯދަމަހުގެ ރޭތަކުން ރެޔެކެވެ. ތަނަކީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ނޫރާނީމާގެއެވެ. ތެޅިގަލުން ރާނާފައިވާ ގޭގެ ސިޓިންރޫމްގައި ސަރަންފީ ގޮނޑިއެއްގައި ބައްްޕަ އިންނެވިއެވެ. އެއީ ރަށުން ބޭރުގައި އަތޮޅު އޮފީސްތައް ހިންގަވަން އުޅުއްވުމަށް ފަހު ބައްޕަ ރަށަށް ދުރުވެ ހުރި >>
ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން
ކުޅުދުއްފުށީ ތަރިވިދާ ބޯޓް، ނާލުބައްތެލި. ފޮޓޯ: މައިކަލް ފްރީޑެލް ދިޔަވަތް ރަނގަޅު އޮޑި ފަރިހި ދިވެހިންނަކީ ކަނޑުތަކުގެ ނިޔަމިންނެވެ. އަމިއްލަ އޮޑިފަހަރުގައި ގަދަކަނޑުތައް ހުރަސްކޮށް ދުރު ރަށްތަކަށް ދަތުރުކުރި މާލިމީންނެވެ. މާކަނޑުގައި ހޭރިޔާކޮށް ދުއްވި ދިޔަވަތް ރަނގަޅު އޮޑިފަހަރުގެ ކަލާސީންނެވެ. އެބައިމީހުން >>
ތާރީޚުގެތެރެއިން ދިވެހިންނާއި ސްރީ ލަންކާގެ ގޯލް އަދި ޢަލީ ދޮށިމޭނާ ކިލެގެފާނު
ދިވެހިން ސިލޯނަށް ދޫކޮށްފައިވާ ހަނދާންތައް 2  ލިޔުނީ: 2019 – 2017 ފުރަތަމަ ބައި މިއީ އަހަރެންގެ ދަތުރުނާމާ އޮޅުދޫކަރައެވެ. ސަރަންދީބުގެ ރަށްތަކަށް ދިވެހިން ދޫކޮށްފައިވާ ހަނދާންތައް ހޯދުމަށް ކުރެވުނު ދަތުރުތަކުގެ ވާހަކައެވެ. މި މަސައްކަތުގެތެރެއިން ދިވެހި ރާއްޖޭގެ ރަށްރަށުގެ ތާރީޙާ >>
ކޮޅުނބުގެ ކުއްޕިޔަވައްތަ – ދިވެހި ޅެންވެރިންގެ މަޒާރު
ދިވެހިން އޮޅުދޫކަރައަށް ދޫކޮށްފައިވާ ހަނދާންތައް 1 _____________________________ ތަނަކީ އޮޅުދޫކަރައެވެ. މި ރަށުގައިވާ ދިވެހިންނާއި ގުޅިފައިވާ ތަންތަނުގެ މައްޗަށް ލިޔުމުގެ ޝައުގުވެރިކަން ފުރަތަމަ ގެންގޮސްދިނީ ކޮޅުނބު ކުއްޕިޔަވައްތަ މުސްލިމް ގަބުރުސްތާނަށެވެ. ކުއްޕިޔަވައްތަ އަކީ ކޮޅުނބު މަރުދާނާ ސަރަހައްދުގައިވާ އަވަށެކެވެ. މަރުދާނާއަކީ ކޮޅުނބުގެ >>
މާފަންނު ސަހަރާ: މަހާނަތަކުގެ ރެކޯރޑްސް
މާފަންނު ސަހަރާގެ ބޮޑު ބަޔަކުން ގަބުރުތައް ނަގާ ހުސްކޮށް އެ ސަހަރާގައި ޕާރކިން ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ފަށާފައެވެ. އެކަމުގެ ތައްޔާރީތައް ފަށާފައިވާއިރު، ސަހަރާގެ ހުޅަނގު ދެކުނު ކަނުން ބޮޑު ބައެއްގައި ފެންސްޖަހާ މިހާރުވަނީ ބަންދުކޮށްފައެވެ. އަދި >>
ޅެން: ހުރިކަންތަކާ ދުރުވާށެ ޑަރް
ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޒުލްޤައިދާ 1319ހ (17 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މިސްރުގެ އަލްޖާމިއުލް އަޒަހަރުންނެވެ. އަބްދުﷲ ފަހުމީ ދީދީއަކީ ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކެއްގައި >>