ބައެއް ފަހަރު އެކަނިވެރިވާ ވަގުތުތަކުގައެވެ. ބައެއް ފަހަރު މެންދަންތަކުގައެވެ. މަޑުހޫނުގައެވެ. ހިޔާލު ހުސްވެ، ލިޔަން ދަތިވާ ވަގުތުތަކުގައެވެ. “މަޑުލު ވަހީދުގެ ކުރުވާހަކަތައް” ކިޔަމެވެ. މަދަރުސީ ދައުރުގައިވެސް، އަބަދުވެސްއެވެ. އެ ވާހަކަތަކުން ހިތަށް ހަމަޖެހުން ގެނުވައެވެ. އެ ވާހަކަތަކުން ގެންގޮސްދެނީ ޅަފުރައިގެ ދުވަސްތަކަށެވެ.
>>