ޅެން

ދިވެހި އަދަބިއްޔާތުގައި ފަރިހި
ޖޭމްދޮންކަމަނަ – ކުލަފޮޓޯ: އަޙްމަދު ޞައްފާޙު ބީވެއަތުން ދިޔަ ހީރާމުތުރަނުކުލަވާ، މުޖުރާއޭފުޅުނަޔާ ކިޔަމޭ މި ފަރިހި ގެންފަށާ، ލިޔެއަނާކޮށް ރީފުތައު ތިޔަމަނުކުލަރަން ދިއަވީދުއަގީ، ނިޔަނެތިވީފުޅު މުޖުރާ ~ ފަރިއްސަކީ ޅެންބަހުރުވައިން ދިވެހިން ކިޔައި އުޅުނުތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައިސްފައިވާ މައުނަވީ >>
ފެދުއުނުމި ކޯޅި އެމާ – ފަރިހީގައި ބަސްފުރޮޅުން
ގަސްދޮށަށް ޖަންބުމާ، ނަސްވެރުމަ ތަލި ރަންކޮޅާ ފުރަތަމަވެސް ހިތަށް އަންނާނީ ރައިވަރުގެ ބަސްތަރުތީބުކުރުމަށް ދިވެހި އިމްތިހާނު ކަރުދާހުގައި ދީފައިވާ ފޫހި ސުވާލެކެވެ. އެއާ އެކު ހިތުގައި ދެން އުފެދޭ މާ ގިނަ ސުވާލުތަކެވެ. އަބަދު އެއް ރައިވަރުތަކެކެވެ. އެއް ސުވާލުތަކެކެވެ. ރައިވަރެއްގެ >>
ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން
ކުޅުދުއްފުށީ ތަރިވިދާ ބޯޓް، ނާލުބައްތެލި. ފޮޓޯ: މައިކަލް ފްރީޑެލް ދިޔަވަތް ރަނގަޅު އޮޑި ފަރިހި ދިވެހިންނަކީ ކަނޑުތަކުގެ ނިޔަމިންނެވެ. އަމިއްލަ އޮޑިފަހަރުގައި ގަދަކަނޑުތައް ހުރަސްކޮށް ދުރު ރަށްތަކަށް ދަތުރުކުރި މާލިމީންނެވެ. މާކަނޑުގައި ހޭރިޔާކޮށް ދުއްވި ދިޔަވަތް ރަނގަޅު އޮޑިފަހަރުގެ ކަލާސީންނެވެ. އެބައިމީހުން >>
ފަރިހި – ދާރުއޮފުމާތްވި ޅަމުރާލިއެފުޅު ބިރާގަމީ
ފާދިއްޕޮޅު ނައިފަރު އަބްދުﷲ މޫސާ ނުވަތަ ނައިފަރު ދޮހޮއްކޮގެ ލަވަތަކަކީ އެ ލަވަތަކާ ނުލައި ދިވެހި މިޔުޒިކްގެ ދިވެހިވަންތަކަން ފުރިހަމަނުވާނެ މަޢުނަވީ ތަރިކައެކެވެ. ލަވަ ކިޔަން ފެށުނު ދުވަސްވަރެއް ބުނަން ނޭނގޭކަމަށާއި ލަވަ ކިޔަން ދަސްކޮށްދިން މީހަކު ވެސް ނެތް ކަމަށް >>
ނަނާ ހުވަފެން ފަރިހި – ގުރުސް ފެންމަތިވުން
އިހުގެ ދިވެހި ޅެންވެރިކަން އަހަރެމެނަށް ވަރަށް ގިނަ ވާހަކަތައް ބުނެދެއެވެ. ދިވެހިންގެ ސަގާފަތާއިި ތާރީޙުގެ ތެރޭ ހިނގާ ދިޔަ މިވެނި ކަމެއްގެ ވާހަކައާއި ރަށްތަކުގެ ގުދުރަތީވެށީގެ ސިފަކުރުންތަކާއި ރަށްފުށުގެ ދިރިއުޅުން ހުރިގޮތާއި ދިވެހިންގެ އިޢުތިޤާދުން އެތައް ވާހަކައެވެ. އެއްވެސް ގައުމެއްގެ ވެދިޔަހައި >>
އިހުގެ ޅެންވެރިކަމުގެ ތެރެއިން ބަނދި
ތަޢާރުފެއް ބަންޖަކީ ދިވެހި ވަޒަން ބަހުރުވައިގެ އެންމެ މުސްކުޅި ވައްތަރެވެ. ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނަން ނެތް ތަދު ބާވަތެކެވެ. އިހުގެ ބަނދިތައް ލިޔެވި ފަހަށް ފެންނަން ހުންނާނެ ގޮތަކަށް ރައްކާކުރެވިފައި ވެސް ނެތެވެ.  ދޫދޫމަތިން ކިޔަމުން >>
ފަރިހި – ގުލާބީމާފުޅު ލިބޭނީ ގުލާނުވެވިގެނޭ
ޖަމީލާ ސަލީމް (ޖޭމް ދޮންކަމަނަ)، ފޮޓޯ: އަހްމަދު ޢަލާ ދީދީ “ގުލާބީމާފުޅު” ފަރިއްސަކީ ޖޭމްދޮންކަމަނައިގެ އަޑުން ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައިވާ ފަރިއްސެކެވެ. މިއީ ބެއްޔަހުއްތުގެ ފަރިއްސެއްކަމަށް ބުނެވޭ ފަރިއްސެކެވެ. އަދި އެންމެ ބޮޑަށް ބަސް ފުރޮޅާފައިވާ އެއް ފަރިއްސެވެ. ބަސްފުރޮޅުން ގިނަވީމަ >>
ޝައިޚްޒުބައިރު – ޙުސައިން ޞަލާހުއްދީން
“ޝައިޚްޒުބައިރު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގެ ބާވަތްތަކުގެތެރެއިން ރައިވަރާއި ބެހޭ ގިނަ ފިލާވަޅުތަކެއް ދަސްވާނޭ ގޮތުން އަދި ބައެއް ރައިވަރު ފޮތްތަކުގެ ނަކަލާއި އެކު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވާފައިވާ ދިވެހި ބަހުގެ އަދަބީ ތަރިކައެކެވެ. މި ފޮތުގައި ޙުސައިން >>
ކަންޒުލް އަދަބު – ބޮޑުފެންވަޅުގޭ ސީދީ
“ކަންޒުލް އަދަބު” މި ފޮތަކީ ދިވެހި އަދަބިއްޔާތުގެ ތެރެއިން ހިމެނޭ ޅެންވެރިކަމުގެ މައްޗަށް އެންމެ ތަފްސީލުގޮތެއްގައި ލިޔެވިފައިވާ އެއް ފޮތެވެ. މި ފޮތް ލިޔުއްވާފައިވަނީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީއެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ މި >>
މަދަހަ: އިތުރު ރަސޫލާ
އެ މަދަހައެއްގެ އަޑު އިވުމުން ހިތަށް ނުހަނު ހަމަޖެހުމާއި އަދި ކުޑައިރުގެ ހަނދާންތައް ގެނުވާ އެއް މަދަހަ އަކީ “އިތުރު ރަސޫލާ” މި މަދަހައެވެ. އަހަރެމެންގެ ޅަފުރައިގެ ދުވަސްތަކުގައި، 90ގެ އަހަރުތަކުގައި ހުކުރު ނަމާދަށް ފަހު ދިވެހި ރާއްޖޭގެ އަޑުން ފޮނުވަމުން >>
ޅެން: ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި
އިންގިލާބުގެ ދުވަސް، 23 ޖުލައި 1952 ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުޞާދުގައި ހާލިޤުލް ކަޢުނައިނި ވާކަން ނޭނގެނީތަ، އަޖައިބެކޭ! އަނިޔާވެރިން އަނިޔާކުރާ ހިނދު، އެކުރާ އަނިޔާ މާތްކަލާނގެ ދެނެވޮޑިގަތުން ބޮޑުކަމާއި ދޭ އަނިޔާއާއި ކުރިމަތިކުރުވާ ބޭއިންސާފަށް ނިޔާ ކަނޑައެޅި އަދުލާއި އިންސާފު >>
ޅެން: ގުލްޒާރުގައި ނަޔާމަގޭ
މިއީ އަލްޤާޟީ ޙުސައިން އަފީފުއްދީން، ދިވެހިންގެ ހިމާރުލް ޤައުމު، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ހައްދަވާފައިވާ “މަގޭ ގުލްޒާރު” މި ޅެމެވެ. މި ޅެން މަޝްހޫރުވެފައި ވަނީ “ގުލްޒާރުގައި ނަޔާ މަގޭ” ގެ ނަމުންނެވެ. މި ޅެން ފުރަތަމަ ޗާޕުވެފައި ވަނީ ހިޖުރައިން >>
ޅެން: ކަށަވަރޭ އަންނާނަމޭ
90ގެ އަހަރުތަކުގައި ފުރަތަމަ އިވިގެން ދިޔަ މި ލަވަ އަކީ އަދިވެސް ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އެއް ލަވައެވެ. މި ލަވައިގެ ޅެން ހައްދަވާފައިވަނީ މުހްތާޜު ފަހުމީއެވެ.  ޔޫޓިއުބް ލިންކު: ކަށަވަރޭ އަންނާނަމޭ ކަށަވަރޭ އަންނާނަމޭ އަހަރެން އެނބުރި އަންނާނަމޭ >>
ޅެން: ފުރައަމެންގޭ މާދަރީ ބަސް
ފަޟީލަތުއްޝައިޙު ޙުސައިން ޞަލާހުއްދީން އުފަންވީ 15 ޖުމާދިލްއާޚިރާ 1298ހ. (11 މޭ 1881) ގައި މާލޭ ދަރަވަންދޫގޭގައެވެ. ވަރަށް ހަގު އުމުރުފުޅެއްގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން) ގެ ރަސްކަމުގައި ބަންޑާރަ ނާއިބުގެ މަގާމަށް އިސްކުރެވުނެވެ. މުހައްމަދު ޝަމްސުއްދީން ތިންވަނައިގެ >>
ޅެން: މުށުންދޫވި ޤުމްރީ
އަބްދުﷲ ފަހްމީދީދީ (އަބްދުﷲ ޖަލާލުއްދީން) ހައްދަވާފައިވާ މި ޅެމަކީ ވާހަކައެއް ހެން ކިޔާލެވޭ ފުރިހަމަ ލެމެކެވެ. ގުމްރީއަކީ ކޮތަރާއި ވައްތަރު ދޫންޏެކެވެ. އިނގިރޭސިން މި ދޫންޏަށް ކިޔަނީ “ޓާރޓްލް ޑޯވް”އެވެ. ވަލުކޮތަރުގެ ބާވަތެކެވެ. ~ މުށުންދޫވި ޤުމްރީ ވިފަދަ އަލި ޤަމަރް >>
ޅެން: ހުރިކަންތަކާ ދުރުވާށެ ޑަރް
ފަޟީލަތުއްޝައިޙް އަބްދުﷲ ފަޙްމީ ދީދީ (އަބްދުﷲ ޖަލާލުއްދީން) ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޒުލްޤައިދާ 1319ހ (17 ފެބްރުއަރީ 1902މ.) ގައި ފާދިއްޕޮޅު ނައިފަރުގައެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މިސްރުގެ އަލްޖާމިއުލް އަޒަހަރުންނެވެ. އަބްދުﷲ ފަހުމީ ދީދީއަކީ ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކެއްގައި >>
ދަތުރުނާމާ ފަރިހި
މި ފަރިއްސަކީ މާލެއިން ރަށަށް އައި ދަތުރު މަތީ ކަނޑުގަދަވެ ހާލުގައި ޖެހުނު ދަތުރެއްގެ ވާހަކައިން ކުޑަރިކިލު މުހައްމަދު ފުޅު ކިޔާ މީހަކު 1950ގެ އަހަރުތަކުގެ ހިސާބުގައި ހަދާފައިވާ ފަރިއްސެއްކަމަށްވެއެވެ. މި މުހައްމަދު ފުޅަކީ ކާކުކަމެއް ނޭނގެއެވެ. ބޮޑުތަދުގެ ދުވަސްވަރު ކުޑަރިކިލު >>
މާޅޮސްމަޑުލު ރައިވަރު
ދިވެހި ޅެންވެރިކަމުގެ އެންމެ ރީތި އެއްބާވަތަކީ ރައިވަރެވެ. ރައިވަރު ހަދަންފެށުނު ދުވަސްވަރެއް އެނގެން ނެތް ނަމަވެސް މިއަދާ ހަމައަށް ދޫދޫމަތިން އަހަރެމެންނާއި ހަމައަށް އައިސްފައިވާ ރައިވަރުތަކުން ދިވެހިންގެ ޒަމާންވީ ދިރިއުޅުމާއި ޅެންވެރިކަމުގެ ފުރިހަމަކަން ދައްކުވައިދެއެވެ. މާޅޮސްމަޑުލު ރައިވަރުތަކަކީ އަޅުގަނޑު ބ. އަތޮޅުގެ >>
ދިވެހި ޅެން ވަޒަނުގެ ހަމަ
ވަޒަނަށް ފައްތައިގެން ޅެން ހެދުން މިއަދުގެ ޖީލަށް ވަނީ ދަތިކަމަކަށްވެފައެވެ. ނުވަތަ ޅެމާއި ޅެން ވަޒަނާއި ބެހޭގޮތުން ލިޔެވިފައިވާ ލިޔުންތައް މަދުކަމާއި އެކު ދަސްކުރަން އުނދަގޫވެފައެވެ. ދިވެހި ޅެމާއި ޅެންވެރިކަމަށް ފަށައިގަތުމުގެ ކުރިން ދިވެހި ޅެން ވަޒަނުގެ ހަމަތައް ދަސްކުރުމަކީ ނުހަނު >>